ކްރެޑިޓް ކާޑުން ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭނެ އަދަދު 500 ޑޮލަރަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިތުރުކޮށްފިއެވެ.
މިގޮތަށް އިތުރުކޮށްފައިވަނީ މިއަދުން ފެށިގެން ކުރާ މުއާމަލާތްތަކުން ކަމަށް ބޭންކުން ވަނީ ބުނެފައެވެ. އަދި މި އަދަދު ކަނޑައަޅާފައިވަނީ ކޮންމެ 30 ދުވަހެއްގެ މުއްދަތަށެވެ.
ބީއެމްއެލް އިން ބުނީ ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ދިވެހި ރުފިޔާ އެކައުންޓް ކަނޑައަޅާފައިވާ ޑެބިޓް ކާޑަށް މިހާރުވެސް ދީފައިވާ 250 ޑޮލަރުގެ ލިމިޓް ބޭނުންކުރެވޭނެ ކަމަށެވެ. އަދި ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ޔޫއެސް ޑޮަލަރު އެކައުންޓް ކަނޑައަޅާފައިވާނަމަ ކަސްޓަމަރުންނަށް ދުވާލަކު 3000 ޑޮލަރާ ހަމަޔަށް ކާޑު ބޭނުންކުރެވޭނެ ކަމަށްވެސް ބީއެމްއެލް އިން ބުނެފައިވެއެވެ.
ބީއެމްއެލް އިން ބުނެފައިވަނީ ރާއްޖޭން ބޭރުގައި ދިރިއުޅޭ ބޭންކުގެ ކަސްޓަމަރުންނަށް މިހާރެކޭ އެއްގޮތަށް ކޮންމެ ކާޑަކަށް މަހަކަށް 750 ޑޮލަރުގެ ލިމިޓެއް ލިބޭނެ ކަމަށެވެ. އަދި މިހާރުވެސް ބޭންކުން އެހީތެރިކަން ފޯރުކޮށްދެމުންދާ ފަދައިން ބޭސްފަރުވާ އަދި ތައުލީމާ ގުޅުންހުރި ކަންކަމުގައި ފައިސާ ދެއްކުމަށް ކާޑަށް ވަގުތީ ލިމިޓް ދެމުން ގެންދާނެ ކަމަށް ބެންކުން ބުނެއެވެ.
އެގޮތުން މި ގޮތަށް ލިމިޓް އިތުރު ކުރުމަށް އެދި ކަސްޓަމަރުންނަށް އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ކަމާ ގުޅުންހުރި ލިޔެކިޔުންތައް ހުށަހެޅޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.