ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ލެޔޮ، ޑީސަލް އަދި ޕެޓްރޯލް ގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފިއެވެ.

މިއީ މަހެއްގެ ތެރޭ އެސްޓީއޯ އިން ވިއްކާ ތެލުގެ އަގަށޤ ބަދަލުގެނައި 2 ވަނަ ފަހަރެވެ. އެންމެ ފަހުން އެސްޓީއޯއިން ތެލުގެ އަގަށް ބަދަލު ގެނެސްފައިވަނީ ޖޫން 20، 2021 ވަނަ ދުވަހުއެވެ.

އެސްޓީއޯއިން ބުނީ މި ބަދަލުތައް ގެނެސްފައިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައިސްފައިވާ ބޮޑު ބަދަލުގެ ސަބަބުން ކަމަށެވެ.

މި ބަދަލާއެކު ޖުލައި 15، 2021 އިން ފެށިގެން އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސްގެ ޝެޑްތަކުން ޑީސަލް ލީޓަރެއް ވިއްކަމުންދާނެ އަގަކީ 10.95 (ދިހަރުފިޔާ ނުވަދިހަ ފަސްލާރި) ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ޕެޓްރޯލް ލީޓަރެއް ވިއްކަމުން ދާނީ 10.72 (ދިހަރުފިޔާ ހަތްދިހަ ދެލާރި) އަށް ކަމަށް ވެސް އެސްޓީއޯ އިން ބުނެއެވެ.

ދުނިޔޭގެ ބާޒާރުތަކުގެ ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން 2ވަނަ ފަހަރަށް އެސްޓީއޯއިން ތެޔޮ ވިއްކާ އަގު ބޮޑުކޮށްފައިވާއިރު މީގެ ކުރިން އެސްޓީއޯއިން ވިއްކާ ޕެޓްރޯލް ޅީތަރެއްގެ އަގަކީ 9.74 ރުފިޔާއެވެ. އަދި ޑީސަލް ލީޓަރެއްގެ އަގަކީ 10.72 ރުފިޔާއެވެ.