ޔޫރޯ 2020 ގެ ފުޓުބޯޅަ ފޯރިއާ ގުޅިގެން އުރީދޫ މޯލްޑިވްސްއިން ޔޫރޯ ފެންޓަސީ ފުޓްބޯލް 2020 ގައި "އުރީދޫ ފެންޓަސީ ލީގް" ގެ ނަމުގައި އިއުލާން ކުރި ޓޯނަމަންޓް ގައި މަތިން ސްކޯ ހޯދަން މަސައްކަތް ފަސޭހަގޮތެއް އެބަ އޮތެވެ.

ޔޫރޯ 2020 ފެންޓަސީ ފުޓްބޯލް އަކީ ޔޫރޯ 2020 ގައި ބައިވެރިވާ ގައުމީ ޓީމްތަކުގެ ކުޅުންތެރިންތަކެއް އިހްތިޔާރު ކުރުމަށް ފަހު ޑްރީމް ޓީމެއް މެނޭޖް ކުރުމުގެ ތަޖުރިބާ ހޯދައިދޭ ގޭމެކެވެ. މި ގޭމުގައި ޕޮއިންޓް ލިބިގެން ދާނީ، އެ ޓީމަކަށް ނެގުނު ކުޅުންތެރިން ޔޫރޯ 2020ގައި ދައްކާ ކުޅުމަށް ބިނާކޮށެވެ. ޔުއެފާ ޔޫރޯ 2020 ވެބްސައިޓް މެދުވެރިކޮށް ނުވަތަ ޔުއެފާ ގޭމްސް އެޕް މެދުވެރިކޮށް ވެސް މި ލީގުގައި ބައިވެރިވެ ކުޅެވޭނެއެވެ.

ޕޮއިންޓް މަތިކުރަން ބޭނުންވާ ބައިވެރިން މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަން ކްލަބްގެ އިރުޝާދާ އެކު އުރީދޫ ފެންޓަސީ ޝޯ ބެލުމާއި ޔޫރޯ ފެންޓަސީ 2020ގެ އާޓިކަލްތައް ޔޫއީއެފްއޭ ގޭމްސް އެޕްލިކޭޝަން މެދުވެރިކޮށް ކިޔާލެވިދާނެއެވެ. މި އެޕް މެދުވެރިކޮށް މެޗްތަކާ ބެހޭ މައުލޫމާތާއި އަންނަން ހުރި މެޗްތަކާ ބެހޭ މައުލޫމާތުގެ އިތުރުން އެންމެ މަތިން ސްކޯ ކުރާ ކުޅުންތެރިޔާގެ މައުލޫމާތުވެސް ލިބޭނެއެވެ. ހަމައެއާއެކު ފުޓްބޯޅައިގެ މާހިރުންގެ ލަފާގެ މަތިން އެމީހުން މޮޅު ވާނެ ކަމަށް ލަފާކުރާ ޓީމްތަކުން ޕްލޭޔަރުން ހިޔާރު ކޮށްގެން އަނެއް މެޗަށް ޓްރާންސްފާ ކުރަން ޖެހޭ މިންވަރު ދަށް ކުރެވޭނެއެވެ.

އުރީދޫ އެޕް މެދުވެރިކޮށް އުރީދޫ ޔޫރޯ ޕެކް އެކްޓިވޭޓް ކޮށްލައިގެން 20 ޖީބީ ޑާޓާ އަދި ސޮނީ ލައިވް ޕްރިމިއަން ކޮންޓެންޓް 1 މަހަށް ހިލޭ ލިބޭނެއެވެ.

މީގެ އިތުރުން އާޗާ ޕޯސްޓްޕެއިން 600، އާޗާ ޕޯސްޓްޕެއިން 800، އާޗާ ޕްރިޕެއިޑް 2ޖީބީ ދުވާލަކަށް އެއްމަސް ދުވަހު ގެ ޕެކޭޖް، ސުޕަނެޓް 50 އެމް އާއި 100އެމް ގެ ޕްލޭން ގެންގުޅުއްވާ ފަރާތްތަކަށްވެސް އެއް މަސް ދުވަހު ސޮނީ ލައިވްގެ ޕްރީމިއަމް ސަބްސްކްރައިބް ކުރެވޭނެއެވެ.

މި ލީގުގައި ބައިވެރިވާ ފަރާތްތަކުން ވާދަކޮށް ލީގު ނިމޭއިރު އެންމެ މަތިން ވަނަ ހޯދާ 10 ފަރާތަކަށް އަގު ހުރި އިނާމްތަކެއް ވެސް ލިބެއެވެ. އުރީދޫ ފެންޓަސީ ލީގުގެ ޕާޓްނަރުން ކަމުގައިވާ ވެސްޓޯ އޮންލައިން، ހައިސެންސް ބައި ރެޑްވޭވް އަދި ސޮނީ ސްޕޯޓްސް އާ ގުޅިގެން ލީގުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ވަނަ ހޯދާ 10 ފަރާތަކަށް އަގު ހުރި އިނާމްތަކެއް ދިނުމަށް ހަމަޖެހިފައި ވާއިރު އޭގެ ތެރެއިން 1 ވަނަ ހޯދާ ފަރާތަށް ވެސްޓޯ އޮންލައިންގެ ފަރާތުން ދޭ ޕްލޭސްޓޭޝަން 5 ބްލޫރޭ އެޑިޝަން ހިމެނެއެވެ.

2 ވަނަ ހޯދާ ފަރާތަށް ހައިސެންސް ބައި ރެޑްވޭވްގެ ފަރާތުން ހައިސެންސް 65 އިންޗީގެ 4ކޭ ކިއުލެޑް ސްމާޓް ޓީވީ އަދި ސައުންޑް ބާ ހިމެނެއެވެ. 3 ވަނަ ހޯދާ ފަރާތަކަށް ސޮނީ ސްޕޯޓްސްއިން، އެޑިޑަސް ޔުނިފޯރިއާ-ޔޫރޯ 2020 އޮފިޝަލް މެޗް ބޯޅަ އަދި 1000 ރުފިޔާގެ ގިފްޓް ވައުޗާއެއް ހިމެނެއެވެ. މީގެ އިތުރުން 4 ވަނަ އިން ފެށިގެން 10 ވަނަ ހޯދާ ކޮންމެ ފަރާތަކަށް ސޮނީ ސްޕޯޓްސް އިން 500 ރުފިޔާގެ އަގުހުރި ގިފްޓް ވައުޗަރެއް ދެޔެވެ.

މިއީ މިގޮތަށް އުރީދޫން އިންތިޒާމް ކުރާ ދެވަނަ ފެންޓަސީ ފުޓްބޯޅަ މުބާރާތެވެ. 2018 ވަނަ އަހަރު ފީފާ ވޯލްޑް ކަޕް އާ ގުޅިގެން އުރީދޫ ވޯލްޑް ކަޕް ފޯރި ފެންޓަސީ ފުޓްބޯލް ޓޯނަމަންޓް ވެސް އުރީދޫން ވަނީ ބާއްވާފައެވެ.