އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވާހަކަފުޅުތައް ހުރީ އެމްޑީޕީގެ އަސާސްތަކާ ހިލާފަށް ކަމަށް އެމްޑީޕީގެ ފުރަތަމަ ރައީސް ކަން ކުރެއްވި އިބްރާހިމް އިސްމާއީލް (އިބްރާ) ވިދާޅުވެއްޖެއެވެ.
އިބްރާ މިހެން ވިދާޅުވީ، ގިނަ އަދަދެއްގެ ބަޔަކު ކުއްލިއަކަށް ހިފާ ހައްޔަރު ކުރަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ. ނަޝީދު މިހެން ވިދާޅުވެފައި ވަނީ އެމްޑީޕީއަށް 16 އަހަރު ފުރުމާ ގުޅިގެން އެ ޕާޓީ އިން ކްލަބް ހައުސްގައި "ހަރުގެ" ލޯންޗު ކުރުމަށް ބޭއްވި ހަރަކާތުގައި ވާހަކަ ދައްކަވަމުންނެވެ.
ނަޝީދު ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުން އިބްރާ ވިދާޅުވީ، ހަމައެކަނި ތުހުމަތަކަށް މީހުން ހިފާ ހައްޔަރުކޮށް ބަންދުގައި ބައިތިއްބަން ވެއްޖެ ކަމަށް އެމްޑީޕީގެ އަހަރީ ޖަލްސާއެއްގައި އެ ޕާޓީގެ ރައީސް ނަޝީދު ވިދާޅުވުމުން އެމްޑީޕީ އެދަނީ ގައުމަށް ހުރި ބިރަކަށް ވަމުން ކަމަށް މީގެ ކުރިން އޭނާ ވިދާޅުވި ސަބަބު މިއަދު އެ ދަނީ ފެންނަމުން ކަމަށެވެ. ރައްޔިތުންގެ ހިތްތަކުގައި އެމްޑީޕީއަށް ދީފައިވާ މަގާމު އެއް ދުވަހުން އަނެއް ދުވަހަށް އުނިވަމުން ދަނީ ކަންބޮޑުވާ މިންވަރަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި މިފެންނަނީ އެ ޕާޓީގެ ލީޑާޝިޕްގައި ތިއްބެވި ބޭފުޅުން އެ ޕާޓީ އުފެއްދި އަސާސްތަކާ ދިމާ އިދިކީލި ވާހަކަ ދެއްކުމުގެ ނަތީޖާ ކަަމަށް އިބްރާ ވިދާޅުވިއެވެ. މިކަން ބަދަލު ކުރެވޭނީ އެ ޕާޓީގެ މެންބަރުންނަށް ކަމަށް ވެސް އިބްރާ ވިދާޅުވިއެވެ.
ނަޝީދު ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވައި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވީ، ދިވެހި ރާއްޖޭގެ ގާނޫނު ބުނާ ގޮތުން ކުށެއްގެ ތުހުމަތު ގައި ދައުވާ ލިބޭ މީހަކީ ޝަރީއަތުން ސާބިތު ވަން ދެން މައުސޫމް މީހެކެވެ. ހެކި ސާބިތު ކޮށްދިނުން އޮންނާނީ ޝަރީއަތަށް ކަމަށާއި ކުށެއް ސާބިތު ނުވާވާ ހިނދަކު ކޮންމެ މީހަކީ ވެސް މައުސޫކް މީހެއް ކަމަށް ބެލުމަކީ ކޮންމެ ޑިމޮކްރަސީއެއްގައި ލިބިދޭ ހައްގެއް ކަމަށެވެ.
6 މެއި ގައި ނަޝީދަށް ދިން ބޮމުގެ ހަމަލާއިން ލިބިވަޑަިއގެން ޒަހަމްތަަކަށް އެމަނިކުފާނު ފަރުވާ ހޯއްދަވަމުން ގެންދަވަނީ ޖަރުމަނުގައި ހުންނަވައިގެންނެވެ. ރޭ އެމްޑީޕީ "ހަރުގެ" ލޯންޗު ކުރުމަށް ބޭއްވި ހަރަކާތުގައި އެމަނިކުފާނު ބައިވެރިވެ ވާހަކަފުޅު ދެއްކެވީވެސް ޖަރުމަނުގައި ހުންނަވައެވެ. ރޭ ނަޝީދު ވިދާޅުވެފައި ވަނީ، މިހާރު ފެންނަނީ ވަރަށް އަނދިރި މަންޒަރެއް ކަމަށާއި ޖާނުން ފިދާވުމުގެ ހަމަލާއެއް އައިސްދާނެ ކަމަށާއި ފިޔަވަޅެއް ނާޅައިފިނަމަ އެކަން ވަރަށް އަވަހަށް އަންނާނެ ކަމަށެވެ. އަދި މި ވަގުތަކީ ވަރަށް ގިނަ އަދަދެއްގެ ބަޔަކު ހިފާ ހައްޔަރު ކޮށްގެން ނަމަވެސް ރާއްޖެއަށް ދިމާވާން އުޅޭ ކަންކަމުން އަރައިގަންނަންވީ ވަގުތު ކަމަށް ނަޝީދު ވިދާޅުވެފައި ވެއެވެ.
15 މިލިއަން މަދީ އުތަ
ޖާނުންފިދާވުމުގެ ބައި އެހެންމީހުން ބޮލުގައި އަޅުވައިގެން އަޑީގައި ހުރެ ކުރިއަށްގެންދާނެ އޭނާބުނި ތިމަންނަގެ ނުލަފާކަން ދަށްކާނެކަމަށް ވަރަށްސާފް