ރިސޯޓު ހިންގަން ރަށް ގަންނަށް 9 ފަރާތަކުން ކުރިމަތިލައިފި ކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އިން ބުނެފިއެވެ.

ޓޫރިޒަމް އިން ބުނީ ފަތުރުވެރިކަން ތަރައްގީކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅާފައިވާ ރަށްރަށާއި ބިންބިމުގެ ތެރެއިން ޓޫރިސްޓް ރިސޯޓް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް އޭޕްރިލް 08، 2021 ގައި ފުރުސަތު ހުޅުވާލުމުން އެކި ފަރާތްތަކުން 18 ބީލަން ފޮތް ގަނެފައިވާކަމަށެވެ.

އަދި އޭގެ ތެރެއިން 9 ފަރާތަކުން ތަފާތު 7 ރަށަކަށް 13 ބީލަން ހުށަހަޅާފައި ވާ ކަމަށް މިނިސްޓްރީން ބުނެއެވެ. މިނިސްޓްރީން ބުނީ ހުށަހެޅި ޕްރޮޕޯސަލް ތަކުގެ ތެރެއިން، އެންމެ މަތިން ހުށަހަޅާފައިވާ ލީޒް އެކުއިޒިޝަން ކޮސްޓްގެ ފަރަގު ރަށްތައް ދޫކުރުމަށް މިނިސްޓްރީން އިއުލާން ކުރި މިނިމަމް ލީޒް އެކުއިޒިޝަން ކޮސްޓަށް ވުރެ 140 ޕަސެންޓް ބޮޑުކޮށް ހުށަހަޅާފައި ވާކަމަށެވެ.

މިއަދު ބީލަންތައް ބަލައިގެންފައި ވާއިރު، 9 ފަރާތުން ބީލަން ހުށަހެޅި 13 ޕްރޮޕަޓީއަކީ ކޮބައިގަން މިނިސްޓްރީން ހާމައެއް ނުކުރެއެވެ.

އެކި އަތޮޅުތަކުން ރިސޯޓު ހަދަން ދޫކުރާ ރަށްރަށުގެ އެކްއިޒިޝަން ކޮސްޓް ފެންނަ ޓޭބަލް

ފަތުރުވެރިކަން ތަރައްގީ ކުރަން ސަރުކާރުން 16 ޕްރޮޕަޓީއެއް ބީލަމަށް ހުޅުވާލިއެވެ. އޭގެ ތެރޭގައި ހިމެނެނީ ހއ އިން 2 ރަށަކާއި، ހދ އިން 1 ރަށާއި މ އިން 2 ރަށާއި ތ އިން 3 ރަށާއި ލ އިން 4 ރަށާއި ގއ އިން 2 ރަށާއި ގދ އިން 3 ރަށެވެ.

އެކި އަތޮޅުތަކުގައި ބިމު ކުލި ދައްކަން ޖެހޭ ގޮތުގެ ތާވަލް

މި ރަށްރަށުގެ އެކްއިޒިޝަން ކޮސްޓާއި ބިމު ކުލި ބޮޑުތަކުން ކުޑަކޮށްފައި ވާކަން ފާހަގަ ކޮށްލެވެއެވެ.