ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އެއްބަނޑުއެއްބަފާ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސޯލިހު އަވަހާރަވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަހުމަދު އަވަހާރަވެފައިވަނީ ޑުބާއީގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް ރޭ ދަންވަރުގެ ވަގުތެއްގައެވެ. އަވަހާރަވީ އިރު އަހުމަދުގެ އުމުރަކީ 55 އަހަރެވެ.

އަހުމަދަކީ ރައީސް ސޯލިހުގެ ހަގަށް ތިއްބެވި އަށް ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ. ރައީސް ސޯލިހުގެ އާއިލާގައި ޖުމުލަ 12 ބޭފުޅުން ތިއްބަވާއިރު އޭގެތެރެއިން 3 ބޭފުޅުންނަކީ ހާފިޒުންނެވެ.

އެމަނިކުފާނުގެ އާއިލާގައި ލޯފަން 4 ބޭފުޅުން ތިއްބަވާއިރު އަހުމަދު އަކީވެސް ލޯފަން ބޭފުޅެކެވެ.