ގައުމު މިވަނީ ދަރުމަވެރިންނަށް ޝުކުރު އަދާ ކުރުމުގައި ދަރަނިވެރި ވެފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19ގެ ބަލިމަޑުކަމުގައި ކުރިމަތިލާން ޖެހުނު އެންމެ ދަތި އުނދަގޫ ވަގުތުގައި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ދަރުމައަށް މަސައްކަތް ކޮށްދިން ހުރިހާ ފަރާތްތަކަށް ހިތުގެ އިހުލާސްތެރި ޝުކުރު ދަންނަވާ ކަމަށެވެ.
އަދި އުޖާސާ ދުވަސްތަކެއްގެ އުންމީދުގައި ތިބެ ގައުމު ވަނީ ދަރުމަވެރިންނަށް ޝުކުރު އަދާ ކުރުމުގައި ދަރަނިވެރި ވެފައި ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް އެހެން ވިދާޅުވެފައި ވާއިރު ރައީސްގެ އަނބިކަނބަލުން ފަސްޓް ލޭޑީ މެޑަމް ފަޒްނާ އަދުމަދު ވެސް ވަނީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި މެދު ނުކެނޑި ހަތަރު ހަފްތާގައި މަސައްކަތް ކުރައްވާފައެވެ.
ޕޭސްކުބް ޕޯސްޓެއްގައި އެކަމަނާ ވިދާޅުވީ އެކަމަނާއަށް ވުރެ އުމުރުގެ ގޮތުން ހަގު ވޮލަންޓިއަރުން އެ ތަނުގައި އެކުގައި މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އުމުރުގެ ތަފާތު އިހުސާސްވެ ވަޑައިނުގަންނަވާ ވަރަށް އެންމެން ވެސް ގުޅޭ ކަމަށެވެ.
ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ހިދުމަތް ކުރަމުން އަންނަ ދަރުމަވެރިން ބަހައްޓާ ގާތްކަމާއި އެކުވެރި ކަމަށް އެކަމަނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.