ސްޓެލްކޯގެ "ފެހި ދިރިއުޅުން" ޕްރޮގްރާމްގެ ދަށުން ސޯލާ ޕެނަލް ހަރުކުރުމުގެ ކުރުމުގެ މަސައްކަތް ފަށައިފިއެެވެ.

ސްޓެލްކޯއިން ބުނީ ތިމާވެއްޓާއި ރައްޓެހި ހަކަތައާއި ދިމާލަށް އެކުންފުނި ދީލާލުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން 59.4kW ގެ ސޯލާޕެނަލް އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

އެގޮތުން ހެޔޮއަގެއްގައި އިންސްޓޯލްމަންޓަށް ސޯލާ ޕެނަލް ގަނެވޭނެ އިންތިޒާމް ވެސް އެކުންފުނިން ހަމަޖައްސާފައިވާ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

މިއަހަރުގެ އޭޕްރީލް މަހު އިފްތިތާހުކުރި ސްޓެލްކޯގެ "ފެހި ދިރިއުޅުން" ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ހަކަތަ ބޭނުން ކުރުމުގައި ތިމާވެއްޓާ ރައްޓެހި ގޮތްތައް ހޯދުމާއި ތިމާވެއްޓަށް ގެއްލުންދެނިވި ތަކެއްޗަށް ނޫނެކޭ ބުނުން ކަަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

އެ ޕްރޮގުރާމުގެ ދަށުން އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ނުވަތަ "ސިންގަލް ޔޫސް ޕްލާސްޓިކް" ބޭނުން ކުރުން ހުއްޓާލުމާ، ބޭނުންކުރާ ކަރުދާސް މަދުކުރުމުގެ ހާއްސަ ޕްރޮގްރާމެއް ސްޓެލްކޯއިން ވަނީ ފަށާފައެވެ.