ދިރާގު ޓީވީ އަދި ދިރާގު ޕްލޭއިން ކޮޕާ އެމެރިކާ 2021 މުބާރާތް ބެލޭ ގޮތަށް ހަދައިފިއެވެ.

ދިރާގުން ބުނީ، ޔޫރޯ 2020 ފެށުނުތާ 2 ދުވަސް ފަހުން ކޮޕާ އެމެރިކާ 2021 ވެސް ފެށޭތީ، މި މަހަކީ ފުޓްބޯޅަ ބަލާ ދިވެހިންނަށް ހާއްސަ މަހެއް ކަމަށެވެ. އެ ގޮތުން ބްރެސިލްގެ ވެރި ރަށް ބްރެޒިލިއާގައި މާދަމާ ފެށޭ ކޮޕާ އެމެރިކާގެ ހުރިހާ މެޗެއް ވެސް ދިރާގު ޓީވީގެ ސޮނީ ޓެން 2 އެޗް ޑީ އަދި ދިރާގު ޕްލޭ މޮބައިލް އެޕްލިކޭޝަނުން ބަލާލެވޭނެ ކަމަށް ދިރާގުން ބުނެއެވެ.

ކޮޕާ އެމެރިކާގެ މެޗްތައް ފަށަން ހަމަ ޖެހިފައިވަނީ މިރޭ ރާއްޖެ ގަޑިން ދަންވަރު 02:00 ގައެވެ.

މުނިފޫހިފުލުވުމުގެ އެތައް ޗެނަލެއް ހިމޭނޭ ދިރާގު ޓީވީ މެދުވެރިކޮށް ކަސްޓަމަރުންނަށް "ހައި ޑެފިނީޝަން (އެޗްޑީ)" ކޮލިޓީގައި އެއް ޑިވައިސް އަށް ވުރެ ގިނަ ޑިވައިސް އިން އެއް ފަހަރާ، އެއް ޔޫސާ ނޭމް އަދި ޕާސްވޯޑެއް ބޭނުންކޮށްގެން މެޗްތައް ބަލާލެވޭނެ ކަމަށް ދިރާގުން ބުނެއެވެ. އެގޮތުން ދިރާގު ޓީވީ ކަސްޓަމަރުން ތެރެއިން ބޭސިކް ޕްކޭޖުން ފެށިގެން މަތީގެ ޕެކޭޖްތައް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށް ކޮންމެ ތަނެއްގައި ހުރެވެސް މެޗްތައް ފަސޭހަކަމާއެކު ބަލާލެވޭނެއެވެ.

މީގެ އިތުރުން، ދިރާގު ޕްލޭ އެޕް މެދުވެރިކޮށް، ޖީއެސްޓީ ނުލާ މަހަކު އެންމެ 65 ރުފިޔާއަށް މެޗްތަކުގެ އިތުރުން ގިނަ މުނިފޫހިފިލުވުމުގެ ޗެނަލްތައް މޮބައިލް ފޯން ފަދަ ޑިވައިސްތަކުން ކޮންމެ ތަނެއްގައި ހުރެވެސް ބަލާލެވޭނެ ކަމަށް ދިރާގުން ބުނެއެވެ. ދިރާގު ވައިފައި ނެޓްވޯކެއްގައި ދިރާގު ޕްލޭ އިތުރު ޑޭޓާ ހަރަދެއް ނުހިނގާނެ ކަމަށް ވެސް އެފަރާތުން ބުނެއެވެ.

ދިރާގު މޮބައިލް ކަސްޓަމަރުން ގޭގައި ތިބޭ މި ދަނޑިވަޅުގައި އިތުރު ލުޔެއް ދިނުމުގެ ގޮތުންމި ވަނީ ގިނަ އޮފާ ތަކެއް ވެސް ތައާރަފު ކޮށްފައެވެ. އެގޮތުން، ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް ކަސްޓަމަރުން "އަމިއްލަ ޓީވީ" އެޑް އޮން އެކްޓިވޭޓްކޮށް، ޕޯސްޓްޕެއިޑް ޕްލޭން ކަސްޓަމައިޒް ކޮށްލައިގެން ވެސް ދިރާގު ޓީވީ ބަލާލެވޭނެއެވެ. އަދި ހަމައެއާއެކު، ދިރާގު ޕްރީޕެއިޑް ކޮމްބޯ ޕްލޭން ތަކުން އިތުރު 50 ޕަސެންޓް ޑޭޓާ މި ހިނގާ ޖޫން ގެ ނިޔަލަށް ލިބިގެންދާނެއެވެ.