ކުރިއަށް އޮތް ހަފްތާގެ ފަސް ދުވަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިދުމަތްދޭ ވަގުތުތަކަށް ބަދަލު ގެނެސްފިއެވެ.
އެ ބޭންކުން ބުނީ، ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅުއްވާފައިވާ އުސޫލޫތަކާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކުރި އިއުލާނާ އެއްގޮތްވާ ގޮތުގެ މަތިން މާދަމާއިން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ބޭންކުގެ މަސައްކަތު ގަޑިތަކަށް ބަދަު ގެތަކެއް ގެނެސްފައިވާ ކަމަށެވެ. އެގޮތުން ބޭންކުގެ ހުރިހާ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް ބަންދުވާނެ ކަމަށް ބީއެމްއެލުން ބުނެއެވެ. ނަމަވެސް ކާޑު ދޫކުރުމަށް ކަަސްޓަމާ ސާވިސް ސެންޓަރު ހުޅުވުމަށް ވަނީ ހަމަޖެހިފައި ކަމަށް ބީއެމްއެލުނ ބުނެއެވެ.
މާދަމާ އިން ފެށިގެން ބުރާސްފަތި ދުވަހަށް، ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ފެށިގެން މެންދުރުފަހު 2:00 އާ ހަމައަށް ކާޑު ދޫކުރަމުގެ ހިދުމަތް ދެމުންދާނެ ކަމަށް ގައުމީ ބޭންކުން ބުނެއެވެ. އަދި ކާޑު ދޫކުރުމަށް ހުޅުމާލެ ބްރާންޗްވެސް ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ހެނދުނު 10:00 އިން ފެށިގެން 2:00 އަށް ހުޅުވުމަށް ވަނީ ހަމަޖެހިފައި ކަމަށް ބީއެމްއެލުން ބުނެއެވެ.
އެ މުއްދަތުގައި ކަސްޓަމަރުންގެ ތެރެއިން ބޭރަށް ނުކުތުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ. މި ގޮތުން އާންމު ފަރުދުންގެ އެކައުންޓަކަށް 100،000 ރުފިޔާ އަދި ވިޔަފާރި އެކައުންޓަކަށް 500،000 ރުފިޔާ ޖަމާކުރެވޭނެ ކަމަށް ވެސް އެފަރާތުން ބުނެއެވެ.
ރާއްޖޭން ބޭރަށް ފައިސާ ޓްރާންސްފަރ ކުރުން:
އިންޓަނޭޝަނަލް ޓްރާންސްފަރ (ޓީޓީ) ގެ ހިދުމަތް ހޯއްދެއްވުމަށް ފުރިހަމަ ކޮށްފައިވާ ޓީޓީ އެޕްލިކޭޝަން ފޯމާއެކު ބޭނުންވާ އެހެނިހެން ލިޔުންތައް (ބިލް) އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ. ފަސޭހައިން މި ހިދުމަތް ހޯދުމަށްޓަކައި، އިންޓަނެޓް ބޭންކިންގ މެދުވެރިކޮށް ޓީޓީ ހިދުމަތަށް އެދި ހުށަހެޅުމަށް ބީއެމްއެލުން އެދެއެވެ. ހެނދުނު 11:00 ގެ ކުރިން ލިބޭ ހުށަހެޅުން އެދުވަހު ޕްރޮސެސް ކުރުމަށްވަނީ ހަމަޖެހިފައެވެ.
ޕޭ ރޯލް (މުވައްޒަފުންގެ މުސާރަ ޖަމާކޮށް ދިނުން) ހިދުމަތް:
ޕޭ ރޯލްގެ ހިދުމަތައް އެދި ހުށަހެޅުން އީމެއިލް މެދުވެރިކޮށް ބަލައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މި ހިދުމަތައް އެދި ހުށަހެޅުމަށް ބޭނުންވާ ލިޔުންތަކުގެ ތަފްސީލް ބޭންކުގެ ވެބްސައިޓް މެދުވެރިކޮށް ލިބެން ހުންނާނެއެވެ. ބީއެމްއެލް އެކައުންޓަކަށް ޖަމާކުރާނަމަ އެދުވަހު ޕްރޮސެސް ކުރެވޭނީ މެންދުރު 12:00 ގެ ކުރިން ލިބޭ ހުށަހެޅުންތަކަށް ކަމަށް ބީއެމްއެލުން ބުނެއެވެ. އެހެން ބޭންކެއްގެ އެކައުންޓަަށް ޖަމާ ކުރާނަމަ، ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން ލިބޭ ހުށަހެޅުން އެ ދުވަހު ޕްރޮސެސް ކުރެވޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ.
އޭޓީއެމް މެދުވެރިކޮށް ޖަމާކުރާ ޗެކް ޕްރޮސެސް ކުރުން :
މެންދުރު 12:00 ގެ ކުރިން ޖަމާ ކުރާ ބީއެމްއެލް ޗެކެއްނަމަ އެދުވަހު ޕްރޮސެސް ވާނެއެވެ. އެމްއެމްއޭ ހުޅުވާފައި ހުންނަ ދުވަސްތައް ކަމަށްވާ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ހެނދުނު 10:00 ކުރިން ޖަމާކުރާ ޗެކްތައް ކްލިއާ ކުރުމަށް އެދުވަހަކު ފޮނުވޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ.
ލޯކަލް ބޭންކް ޓްރާންސްފާ:
މި މުއްދަތުގައި އަންނަ ކޮންމެ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގައި މި ހިދުމަތް ލިބޭނެއެވެ. ހެނދުނު 11:00 ގެ ކުރިން އިންޓަނެޓް ބޭންކިން މެދުވެރިކޮށް ލިބޭ އޭ.ސީ.އެޗް ޓްރާންސްފާ ރިކުއެސްޓް އެދުވަހު ޕްރޮސެސް ވާނެއެވެ. ހެނދުނު 11:00 ގެ ކުރިން އިންޓަނެޓް ބޭންކިން މެދުވެރިކޮށް ލިބޭ އާރް.ޓީ.ޖީ.އެސް ޓްރާންސްފާ (100،000 ރުފިޔާއަށް ވުރެ މަތި) ރިކުއެސްޓް އެދުވަހު ޕްރޮސެސް ވާނެއެވެ.
ހަމައެއާއެކު ހެނދުނު 11:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ލިބޭ އެމް.އާރް.ޓީ.ޖީ.އެސް ޓްރާންސްފާ ރިކުއެސްޓް އެދުވަހު ޕްރޮސެސް ވާނެއެވެ. ފޯމް ފުރިހަމަކޮށް އަދި ސޮައިކުރުމަށް ފަހު އީމެއިލް އަށް މެއިލް ކުރަން ބީއެމްއެލުން ބުނެއެވެ.
މަތީގައި ބަޔާންކޮށްފައިވާ ވަގުތުތަކުގެ ފަހުން ލިބޭ ހުށަހެޅުންތައް ޕްރޮސެސް ވާނީ ދެން ބޭންކު ހުޅުވޭ ދުވަހުގައި ކަމަށް އެ ބޭންކުން ބުނެއެވެ.
ކަސްޓަމަރުންނަށް މެދުނުކެނޑި ހިދުމަތް ދިނުމުގެ ގޮތުން ހަފްތާ ދުވަސްތަކުގައި (ހުކުރު، ހޮނިހިރު ނުހިމަނައި) އަސާސީ ބޭންކިން ހިދުމަތްތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ރާއްޖޭން ބޭރަށް ފައިސާ ފޮނުވުން، އީމެއިލް މެދުވެރިކޮށް ޕޭރޯލް ހިދުމަތް ދިނުމުގެ އިތުރުން އޭޓީއެމްއަށް ޖަމާކުރާ ބީއެމްއެލް ޗެކް ޕްރޮސެސް ކުރުން ހިމެނެއެވެ.
އެމްއެމްއޭ ހުޅުވާފައި ހުންނަ ދުވަސްތައް ކަމަށްވާ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ލޯކަލް ބޭންކް ޓްރާންސްފާގެ ހިދުމަތް (އޭސީއެޗް އަދި އާރްޓީޖީއެސް) އާއި އެހެން ބޭންކުތަކުގެ ޗެކް ޕޮރެސެސްކުރުމުގެ ހިދުމަތް ވެސް ލިބޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ.
ކާޑުނުގެންގުޅޭ މީހުން މާލޭބެންކުގައި އެކައުންޓް އޮންނައިރު ވެރިފަރާތަށް ފައިސާ ލިބޭނެގޮތެއް ބެންކުން ދަށްކަންޖެހޭނެ މިކޮވިޑްޖެހެނީ މާލޭބެންކަށް އެކަނިތަ؟އެހެންބޭންކުތަކުން ފައިސާލިބޭ ޗެކްފޮތްވެސް ލިބޭ ބީއެމް އަކީ އަރަތެއްތަ؟