އޮޑިޓާ ޖެނެރަލް ‏ކަމަށް‌‎ ‌‏ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު އިތުރުކޮށްފިއެވެ.

ރައީސް އޮފީހުން ބުނީ އޮޑިޓާ ޖެނެރަލް މަގާމުން އިސްތިއުފާ ދީފައިވާތީ، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތުގެ މުއްދަތު، ޖޫން 16، 2021 ވާ ބުދަ ދުވަހުގެ 12:30 ގެ ނިޔަލަށް މިހާރު އިތުރުކޮށްފައިވާ ކަމަށެވެ.

މެންބަރުކަމުގެ ފޯމު ބަލައިގަތުމަށް މިހާރު ހަމަޖެހިފައިވަނީ، ޖޫން 15 އަދި 16 ވަނަ ދުވަހު ހެނދުނު 10:00 އިން މެންދުރު 12:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ރައީސް އޮފީހުން ބުނީ އެ ފޯމު ‌‏ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށެވެ.

އެ މަގާމަށް މީހަކު ހޯދުމަށް އިއުލާން ކޮށްފައި ވަނީ އޮޑިޓާ ޖެނެރަލްގެ މަގާމުގައި ކުރިން ހުންނެވީ ހަސަން ޒިޔަތު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ސަބަބަކީ އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހަށް ހިއްސާކުރި ބޮޑު ހިޔާނާތުގެ ލިސްޓުގައި ޒިޔަތުގެ ނަން އޮތުމެވެ. މަގާމުން އިސްތިއުފާ ދެއްވާ ޒިޔާތު ވިދާޅުވީ، އެ ލިސްޓުގައި ނަން ހިމެނިފައި އޮތުމުން އޮޑިޓާ ޖެނެރަލްގެ މަގާމުގައި ދެމިހުރުމަކީ ދައުލަތާއި އޮޑިޓާ ޖެނެރަލް އޮފީހުގެ ކަރާމާތާއި ގަދަރަށް އުނިކަން އަންނާނެ ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

އެ ލިސްޓުގައި އެމްއެމްޕީއާރުސީ ފައިސާއިން ޒިޔަތަށް ލިބުނު ވަރު ނެތް ނަމަވެސް އޭނާ ބައެއް މީޑިއާތަކަށް ވިދާޅުވެފައި ވާގޮތުން ކެމްޕޭން ދުވަސްވަރު ޕާޓީން އޭނާއަށް ފައިސާ ލިބުނު ކަމަށާއި ނަމަވެސް އެއީ އެމްއެމްޕީއާރުސީ ފައިސާކަން އޭނާއަށް އެނގިވަޑައެއް ނުގަންނަވާ ކަމަށް ވަނީ ވިދާޅުވެފައެވެ. ޒިއަތަކީ އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ކޮއްކޮވެސް މެއެވެ.