ރާއްޖޭގައި ޓޫރިސްޓް ރިސޯޓު ތަރައްގީ ކުރުމަށް ބީލަމަށް ހުޅުވާލި ރަށްތަކަށް ބީލަން ހުށަހެޅުމުގެ ސުންގަޑި އިތުރުކޮށްފިއެވެ.
މީގެ ކުރިން ޓޫރިޒަމް މިނިސްޓްރީ އިން ބީލަށް ހުށަހެޅުމުގެ ސުންގަޑިއަކަށް ކަނޑައަޅާފައި އޮތީ މި މަހުގެ 10 ވަނަ ދުވަހުގެެ ކުރިންނެވެ. ނަމަވެސް ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން އިންވެސްޓަރުންނަށް ދަތުރުކުރުމަށް ދިމާވެފައިވާ ދަތިތަކާ، ބޯޑަރު ބަންދުކުރުން ފަދަ ކަންތައް އޮތުމުގެ ސަބަބުން ސުންގަޑި އިތުރުކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.
އެގޮތުން މިހާރު ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ ޖޫން 24 2021ގެ 10:00 ކުރިންނެވެ.
ފަތުރުވެރިކަމަށް ހުޅުވާލި ރަށްތައް:
- ހއ. ވެލިފިނޮޅު
- ހއ. އަލިދުއްފަރު ފިނޮޅު
- ހދ. ކުޑަފަރު ފަސްގަނޑު
- މ. ސީދީ ހުރާ / މ. ސީދީ ހުރާ ވެލިގަނޑު، ސީދީހުރާ އާއެކު
- މ. މާއުފުށި
- ތ. ކާއްޑޫ
- ތ. ކަނިމީދޫ (އުތުރުން 10 ހެކްޓަރު)
- ތ. އޮޅުފުށި / އޮޅުފުށި ފިނޮޅު (އޮޅުފުއްޓާއެކު)
- ލ. ކަށިދޫ
- ލ. ބޮޑުމުންޏަފުށި
- ލ. ދޮންބެރެހާ / ހޮޅުރަހާ (ދޮންބެރެހާ އާއެކު)
- ގއ. މާރެހާ
- ގއ. ފުނަދޫ
- ވިލިގިއްލާ
- ގދ.ކަނޑަހަލަގަލާ
- ގދ. ކަޑެވާރެހާ (ދިގުރެހާ އާއެކު) / ދިގުރެހާ
- ގދ. ފެރޭތަވިލިގެއްލާ (ގިނަ ރަށްތަކެއް ހިމެނޭހެން) / ދެކާންބާ (ފެރޭތަވިލިގެއްލާ އާއެކު) / ކޮޑެރެޓާ (ފެރޭތަވިލިގެއްލާ އާއެކު) / ފެރޭތަ ވިލިގެއްލާ ކައިރީ އޮންނަ 2.9 ހެކްޓަރުގެ ކުޑަ ރަށެއް ފެރޭތަ ވިލިގެެއްލާ އާއެކު
މިނިސްޓްރީން ބުނީ އެ ބީލަމާ ގުޅޭ ފޮތް ޖޫން 14، 2021 ވާ ހޯމަ ދުވަހުން ފެށިގެން ޖޫން 20، 2021 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 12:30 އާ ދެމެދު މިނިސްޓްރީން ލިބެން ހުންނާނެ ކަމަށެވެ.