މާލޭ ސިޓީގެ މޭޔާރު ޑރ. މުހައްމަދު މުއިއްޒު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ބައްދަލުކުރައްވައިފިއެވެ.

މޭޔަރު މުއިއްޒު ރައީސްއާ ބައްދަލުކުރައްވާފައިވަނީ މާލޭ ރައްޔިތުންގެ ކަންބޮޑުވުންތައް ހިއްސާކުރުމަށާ، މަސައްކަތްތައް ތަންފީޒުކުރުމުގައި ބޭނުންވާ އެހީތެރިކަމާ މެދު މަޝްވަރާ ކުރުމަށެވެ. މިބައްދަލުކުރެއްވުމަށް ފަހު ކުރެއްވި ޓުވީޓެއްގައި މުއިއްޒު ވިދާޅުވެފައިވަނީ ރައީސް ސޯލިހާއެކު ބިނާކުރަނިވި އުންމީދީ ބައްދަލުވުމެއް ބޭއްވިފައިވާނެ ކަމަށާ، ރައީސް ދެއްވި ވަގުތަށާއި އުންމީދީ ޖަވާބުތަކަށް ޝުކުރު ދަންނަވާކަމަށެވެ.

މާލޭ ރައްޔިތުންގެ ކަންބޮޑުވުންތައް ހިއްސާކުރުމަށާ، މަސައްކަތްތައް ތަންފީޒު ކުރުމުގައި ބޭނުންވާ އެހީތެރިކަމާމެދު މަޝްވަރާކުރުމަށް ރައީސް ސޯލިހުއާއެކު މިއަދު ބިނާކުރަނިވި، އުއްމީދީ ބައްދަލުވުމެއް ވަނީ ބޭއްވިފައި.
މޭޔާ ޑރ. މުއިއްޒު

މި ބައްދަލުވުމުގައި ބޮޑަށް މަޝްވަރާކުރެވިފައިވަނީ ހިޔާ ފްލެޓްގެ ކުއްޔާ ގުޅޭގޮތުންނާ ގުޅީފަޅުގައި ހިންގާ ބަނދަރު އެޅުމުގެ މަޝްރޫއާ ގުޅޭގޮތުންނެވެ.

މޭޔާ މުއިއްޒު ފާހަގަކުރެވިގެންދަނީ މަގާމާ ހަވާލުވީއްސުރެ މަގާމުގެ މަސްއޫލިއްޔަތު އެންމެ ފުރިހަމަ ގޮތުގައި އަދާކުރަމުންދާ އެއް ބޭފުޅެއްގެ ގޮތުގައެވެ. އެގޮތުން މާލޭގެ ރައްޔިތުންނާ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެކި ކަންކަމުގައި ހައްލު ހޯދައިދޭން މަސައްކަތްކުރުން ހިމެނެއެވެ.