މާފަންނު ވަގުތީ މިސްކިތް ހުންނަ ބޮޑުގޭގެ އުތުރު ފަރާތުގައި ޕާކިން ޒޯނެއް ހެދުމުގެ މަސައްކަތް މާލޭ ސިޓީކައުންސިލުން މިއަދު ފަށައިފިއެވެ.
މި މަސައްކަތް ފައްޓަވައިދެއްވާފައިވަނީ މާލޭ ސިޓީކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއެވެ.
މި ޕާކިން ޒޯން ހެދުމަށް ހަމަޖެހިފައިވަނީ ބޮޑުގޭގެ އުތުރުފަރާތުގައި ހުރި ފާރު ތަޅައިލުމަށްފަހު އުތުރު ފަރާތުން މިސްކިތައް ވަދެވޭނެ މަގެއް ހެދުމަށް ފަހުގައެވެ.
މި މަސައްކަތް ފައްޓަވައިދެއްވަމުން މުއިއްޒު ވިދާޅުވީ މި ސަރަހައްދުގައި ޕާކިން ޒޯނެއް ގާއިމްކުރެވެނީ ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށެވެ. އަދި މި މަސައްކަތް ނިމުމުން އޭގެ ފަސޭހަކަން ރައްޔިތުންނަށް ލިބިގެންދާނެކަމަށާ މިތަނުގައިހުރި އެއްވެސް ގަހެއް ނުކަނޑާނެކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ މާލޭގައި މިގޮތަށް ހުރި އިތުރު ބައެއް ތަންތަންވެސް އެތަންތަނުގެ ބޭނުން އާންމުންނަށް ކޮންމެވެސް ގޮތަކުން ހިފޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް އާ ސިޓީ ކައުންސިލުން މަސައްކަތްކުރާނެ ކަމަށާއި ޕާކިން ޒޯންތަކުގެ އިތުރުން ހިތްފަސޭހަކޮށްލަން ގޮސް ތިބޭނެ ތަންތަންވެސް ހަދާން ކަމަށެވެ.
ރައީސް ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާ ދިންފަހުން އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ކައިރީ ޕާކު ނުކުރެވޭ ގޮތް ހެދުމަށްފަހު ދާދިފަހުން ވަނީ ބިއްލޫރި ޖެހިި ގޭގައި ޕާކިން ޒޯނެއް ގާއިމުކުރުމަށްފަހު އާންމުންނަށް ހުޅުވާލާފައެވެ.
ޕާރކިން ކުރަން 14 ބުރީ ގެ ބޮޑު ބިލްޑިންގ އެއް ހެއްދިވިއްޔާ ވަރަށް ގިނަ ވެހިކަލްތައް ޕާރކް ކުރެވޭނެ މާލޭގެ އެކި ދިމަ ދިމާލުގައި ޕާރކިންގ ބިލްޑިންގ ހެދުން ރަނގަޅުކަމަށްފެނޭ އަދި ސަރުކާރު އޮފީސްތަކު އިމަަރާއްވެސް 3 ވަރަކަށްބުރީގަ ޕާރކިންގ ކުރެވޭގޮތަށް ހެދީިމަ އެއްކޮށް ޕާރކިންގ އަށްލުއި ލިބިގެންދާނެ.