އަންނަ ހަފްތާގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ބޭންކުތައް ހުޅުވާފައި ހުންނާނީ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ކަމަށް އެއޮތޯރިޓީން ބުނެފިއެވެ.

އެމްއެމްއޭއިން ބުނީ ބޭންކިން ހިދުމަތް ދޭނީ (ފައިސާ ބަލައިގަނެ ދޫކުރުމުގެ ހިދުމަތް) ހެނދުނު 08:30 އިން މެންދުރު 12:00 އަށް ކަމަށެވެ.

އަދި ސިޓީއާއި ތަކެތި ބަލައިގަންނާނީވެސް އެގަޑީގައި ކަމަށް އެމްއެމްއޭން ބުނެއެވެ.

ބޭންކިން ހިދުމަތް ދެމުން ގެންދާނީ މިހާރެކޭވެސް އެއްގޮތަށް އެޕޮއިންޓްމަންޓް އުސޫލުން ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.

މިދިޔަ ރޯދަ މަހު އެމްއެމްއޭއިން ހިދުމަތް ދީފައި ވަނީ ހެނދުނު 9:00 އިން ފެށިގެން މެންދުރު ފަހު 1:00 އަށެވެ.