ރޭ ދަރަވަންދޫގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަންއަކުން ހައްޔަރު ކުރި މީހާއަކީ މި މަހުގެ 6 ވަނަ ދުވަހު ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގައި ބައިވެރިވެފައިވާ މީހެއް ކަމަށް ފުލުހުން ބުނެފިއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ، ރޭ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރު ކޮށްފައި ވަނީ ލ.ގަން، ދުންފިނި އުފާ، އަހުމަދު ފާތިހު ނަމަކަށް ކިޔާ މީހެއް ކަމަށެވެ. އަދި އޭނާ އަކީ ރައީސް ނަޝީދަށް ދިން ހަމަލާގައި ބައިވެރިވާ ފަރާތެއް ކަމަށް ފުލުހުން ބުނެއެވެ.

ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ޓެރަރިޒމް ހަމަލާއެއް މާލޭގައި ދީފައިވާއިރު އެކަމާ ގުޅިގެން ހާއްސަ އޮޕަރޭށަންތަކެއް ކުރިއަށް ދާ ކަމަށާއި މިހާރު ވެސް އެފަދަ އޮޕަރޭޝަންއެއް ކުރިއަށް ދާ ކަމަށް ފުލުހުން ބުނެއެވެ. އަދި މި ހަފްތާ ތެރޭގައި އައްޑޫގައި ހިންގި އޮޕަރޭޝަން އަކުން ވެސް 9 މީހަކު ހައްޔަރު ކޯށްފަިއވާ ކަމަށް ފުލުހުން ބުނެއެވެ.

ރޭ ދަރަވަންދޫން ހައްޔަރު ކުރި ފާތިހު ވަނީ ކޮވިޑް ޓެސްޓު ހެދުމަށް ފަހު މިހާރު މާލެއަށް ގެނެސްފައެވެ.

މި މައްސަލައިގައި މީގެ ކުރިން ވަނީ ތިން މީހަކު ހައްޔަރު ކޮށްފައެވެ. އެއީ ބޮން ގޮއްވާލި ކަމަށް ތުހުމަތު ކުރެވޭ އަހުމަދު އަދުހަމް، 25، އާއި މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ސައިކަލުގެ ވެރި މީހާ ތަހުމީން އަހްމަދު، 32 އެވެ.