ކޮވިޑް-19އާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް އިން ހިދުމަތްދޭ ދުވަސްތަކަށް ބަދަލު ގެނެސްފިއެެވެ.

ބީއެމްއެލް އިން ބުނީ މާދަމާ އިން ފެށިގެން މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވިފައި ހުންނަ ދުވަސްތަކަށް ބަދަލު ގެނެވިފައިވާ ކަމަށެވެ.

އެގޮތުން ކޮންމެ ހަފްތާއެއްގެ ހޯމަ އަންގާރަ އަދި ބުރާސްފަތި ދުވަހުގެ ހެނދުނު 09:30 އިން 12:00 އަށް އެ ކުންފުނީގެ ބްރާންޗްތަކުންނާއި، ސާވިސް ސެންޓަރުތަކުން ހިދުމަތްދޭނެކަމަސް ބޭންކުން ބުނެެއެވެ.

އަދި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ރާއްޖޭން ބޭރަށް ފައިސާ ފޮނުވުމުގެ ހިދުމަތާއި (ޓީޓީ) ބީއެމްއެލް ޗެކް ޕްރޮސެސް ކުރުމަށް ވަނީހަމަޖެހިފައިވާ ކަމަށައި އެގޮތުން ހެނދުނު 11:00ގެ ކުރިން ލިބޭ ހުށަހެޅުންތަކާއި ޖަމާކުރެވޭ ޗެކްތައް ހަފްތާ ބަންދާއި ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި ޕްރޮސެސް ކުރެވޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ.

ބީއެމްއެލް އިން ބުނީ އެޕޮއިންޓަމަންޓު ނަގައިގެން ހޯދަންޖެހޭ ހިދުމަތްތަކަށް ކަސްޓަމަރުންނަށް އެޕޮއިންޓްމަންޓު ނެގޭނެ ކަމަށާއި އޮންލައިންކޮށް ލިބެން ނެތް ހިދުމަތްތައް ހޯދުމަށް ބީއެމްއެލްއަށް ޒިޔާރާތްކުރުމުގެ ކުރިން "ކިއުބީ" އެޕްލިކޭޝަން މެދުވެރިކޮށް އޮންލައިންކޮށް ޓޯކަން ނަންބަރު ނެގޭނެ ކަމަށެވެ.

ކޮވިޑުގެ ކޭސްތައް ގިނަވަމުން އަންނާތީ ވީހާވެސް ގިނައިން އޮންލައިންކޮށް ސާވިސްތައް ހޯދުމަށް ބޭންކުން ވަނީ އިލްތިމާސް ކޮށްފައެވެ.