ހުޅުމާލޭގައި ހިންގާ "ދް ސާކްލް" ކްލާހުގައި ކިޔަވާ ކުދިން، ކޯޑު ކޮށްގެން އީދު ކާދު ހަދައިފިއެވެ. އުމުރުން 8 އަހަރާ 15 އަހަރާ ދެމެދުގެ ދިވެހި ކުޑަކުދިން ކޯޑުކޮށް ހަދާފައިވާ މި އީކާޑުތައް އެޗްޑީސީން ވަނީ އާންމު ކޮށްފައެވެ.

ކުޑަކުދިން ސައިންސާއި ޓެކްނޮލިޖީއަށް އަހުލުވެރިކުރުމުގެ ގޮތުން އުގައިލު ފައުންޑޭޝަނާއި ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅިގެން އިނގިރޭސި ވިލާތުގެ ޓީޗަރުން މެދުވެރިކޮށް "ދަ ސާކްލް" ގެ ނަމުގައި އޮންލައިންކޮށް ކުރިއަށް ގެންދާ ހާއްސަ ޕްރޮގްރާމުތަކުގެ ތެރެއިން ދިވެހި ދަރިވަރުންތައް ދަނީ ކޮމްޕިއުޓާ ކޯޑިންގެ ފަންނީ ހުނަރުތައް ތަފާތު ގޮތްގޮތުން ދައްކަމުންނެވެ.

އެކުދިން ތައްޔާރު ކުރި ކާޑުގައި އީދާ ގުޅޭ މިއުޒިކު ވެސް ވަނީ ހިމަނާފައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން މިޕްރޮގްރާމު ފުރިހަމަކުރަމުން ގެންދާ އެތައް ސަތޭކަ ކުދިން އެކުދިންގެ ވިސްނުމާ ފިކުރު އަދި އަމިއްލަވަންތަކަން އެކުދިންގެ އީކާޑުތައް ޑިޒައިންކޮށް ކޯޑު ކުރުމަގައި ވަރަށް ބޮޑަށް ބޭނުން ކޮށްފައި ވާކަމަށް އެޗްޑީސީން ބުނެއެވެ.

ހުޅުމާލޭގައި ހިންގާ ދަ ސާކްލް ކުދިން އުފައްދާފައިވާ އީކާޑެއް

"ދަ ސާކަލް" ގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ކޯޑިން އެންޑް ކްރިޓިކަލް ތިންކިން އަދި "ލީޑާސް އޮފް ޓުމޯރޯ" މިއީ އެޗްޑީސީގެ އިޖްތިމާއީ ޒިންމާގެ ތެރެއިން އުގައިލު ފައުންޑޭޝަނާ އެކު ކުރިއަށްގެންދާ ހާއްސަ ހަރަކާތެކެވެ. މި ހަރަކާތުގެ އިތުރުން އެޗްޑީސީ އިން ވަނީ އުގައިލު ފައުންޑޭޝަނާ ގުޅިގެން "ދަ ސާކަލް ސްޕޭސް" ގެ ނަމުގައި ހުޅުމާލޭގައި ލައިބްރަރީއެއްވެސް ހުޅުވާފައެވެ.