އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގެ ރިޕޯޓާއެކު އެކަމުގައި ޝާމިލްވާ މީހުންގެ ލިސްޓް މަޖިލީހުން އާންމު ކުރި، އިރު އެކަށީގެންވާ ތުހުމަތެއް އޮތް މީހުން އަމިއްލައަށް އެކަހެރިވުން ރަނގަޅު ކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެެއެވެ.
އެމްއެމްޕީއާރުސީގެ މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ 241 ކޮމެޓީއާއި ޖުޑީޝަރީ ކޮމެޓީ ގުޅިގެން އުފައްދާފައި އޮތް ސަބް ކޮމެޓީގެ މުގައްރިރުކަންވެސް ކުރައްވާ އިންތި ވިދާޅުވީ، އެމްއެމްޕީއާރުސީ ހިޔާނާތް ފަދަ ބޮޑު މައްސަލައެއްގައި އެކަށީގެންވާ ތުހުމަތު އޮތް ކޮންމެ މީހަކު އަމިއްލައަށް އެކަހެރިވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.
އެއީ އިންތިހާބީ މަގާމެއްގައި ހުންނެވި ބޭފުޅެއް ކަމުގައި ވިޔަސް އެމަގަށް އެކަން ކުރުން ރަނގަޅު ކަމުގައި އޭނާ ވިދާޅުވިއެވެ.
އޭނާ އެހެން ވިދާޅުވީ، އެ ރިޕޯޓުގައި ދައުލަތުގެ މަގާމެއް އަދާކުރަމުންދާ ނުވަތަ އަދާ ކޮށްފައިވާ 119 މީހުންގެ ލިސްޓުގައި ހިމެނޭ އިންތިހާބީ މަގާމެއްގައި ހުރި މީހަކަށް ހިޔާނާތުގެ ތުހުމަތު އެޅިފައި ވާ އިރު އެމީހުން އަމިއްލައަށް ވަކިވުމާ މެދު އިންތި ދެކެވަޑައިގަންނަވާ ގޮތް ހާމަ ކުރައްވަމުންނެވެ.
އޭނާ ވިދާޅުވީ، އެފަދަ މަގާމެއްގައި ހުންނަ ބޭފުޅަކީ މަގާމުގެ ހައިސިއްޔަތުން ނޫނަސް ގިނަ ނުފޫޒުތަކެއް ބޭނުން ކުރެވިދާނެ ބޭފުޅަކަށް ވާއިރު އެންމެ ރަނގަޅު ގޮތަކީ ވަކިވުން ކަމަށެވެ.
އެމްއެމްޕީއާރުސީ ހިޔާނާތުގެ ލިސްޓް އާންމު ކުރި އިރު އޭގައި އެމްއެމްޕީއާރުސީގެ ފައިސާއިން ސީދާ ގޮތުންނާއި ނުސީދާގޮތުން މަންފާ ލިބުނު 281 މީހެއްގެ ނަން ވެއެވެ. އޭގެތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި، ޔާމީނުގެ ސަރުކާރުގެ ގިނަ ބޮޑުންނާއި، 18 ވަނަ މަޖިލީހުގެ ގިނަ މެންބަރުންނާއި، ސިފައިންނާއި ފުލުހުންނާއި، ޝަރުއީ ދާއިރާގެ ބޭފުޅުންނާއި، އެކިއެކި ވިޔަފާރި ކުންފުނިތަކާއި އާންމުންވެސް ހިމެނެއެވެ. 18 ވަނަ މަޖިލީހުގެ މެންބަރުންގެ ތެރޭގައި އެމްޑީޕީ، ޕީޕީއެމް، ޖޭޕީ، އެމްޑީއެންގެ ބޭފުޅުންވެސް ހިމެނެއެވެ.
ޖުމްލަ 4 ބިލިއަން ރުފިޔާ ދައުލަތަށް ގެންލުނު އެމްއެމްޕީއާރުސީ ހިޔާނާތަކީ ޔާމީން ސަރުކާގެ ނައިބު ރައީސް އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި އޭނާގެ ބައިވެރިން އިސްވެ ތިބެގެން ރާއްޖޭގައި ފަހުގެ ތާރީހެއްގައި ހިންގާފައި އޮތް އެންމެ ބޮޑު ހިޔާނާތެވެ. ރާއްޖޭގެ ފަޅުތަކާއި ރަށްތައް ވިއްކާ ގިނަ ލާރި އެކިއެކި ފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާކޮށް، ޑޮލަރުގެ މާރު ކުރުމުގެ ވިޔަފާރިވެސް ފުޅާ ދާއިރާއެއްގައި ހިންގި ބޮޑު ހިޔާނާތެކެވެ. އެ ހިޔާނާތުން އެންމެ ބޮޑު އަދަދެއްގެ ފައިސާ ވަދެފައިވާ ކަމަށް ދައްކަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށެވެ. އެނަމިކުފާނަށް ޖުމްލަ 678 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ލީކްވި އެމްއެމްޕީއާރުސީގެ ލިސްޓުގައި ވެއެވެ. ލީކްވި ލިސްޓުގައި އަދީބުގެ ނަން ނެތުމުން އޭނާ ހޯއްދެވި ފައިސާގެ އަދަދެއް ނޭނގެއެވެ.
ލިސްޓްގަ ހުރި މޑޕ މީހުންގެ ނަންތައް އުނިކުރިސަބަބު އޮޅުންފިލުވާލަ ދީ ﷲ ޢަށް ބިރުވެތިވޭ
ލޯ ލާރީގަ ނުޖެހެނީ ޑޮލަރު ބޮނޑި ބޭނުން ކޮއްލީ....އަބުރު ކަތިލީ ކިޔަކިޔާ ތިބޭނީ ދުރައްދާކަށް ނުކެރޭނެ....ޒިޔަތު ކިހާ ރީތިތޯ ނަމޫނާ އަކަށް ބަލާ އެބޭފުޅާ ބަބުރުކަތިލިޔެކޭ ނުކިޔާ.. އިސްތިއުފާ ދެށްވީ ........ ލޯލާރި ދަގަނޑުލާރިޔޭ ނުކިޔާ އިސްތިޔުފާދީ .....ލޯލާރި ބޭނުމެއް ނުކުރޭ ..އެވެސް ހަރުބަހޭކޭ ކިޔާ އޮޅުވާލަނީ .... އެބޭފުޅުން 24ގަޑިއިރު ކުރި މަސަކަތުން ހޯދި ލާރިން ފުލެޓު ގަތީ ...ދެން މިތިބީ ހުސްގަމާރުންތޯ ... ލޯލާރި ދަގަނޑު ލާރި ކިޔާލަކިޔާލަ ތިބޭ.....