ނަޝީދުގެ ހިތްޕުޅަށް ދަގަނޅުކޮޅެއް ނުހެރި ހުރީ ސެންޓިމީޓަރެއްހާ ތަންކޮޅެއް ކަމަށް އޭޑީކޭއިން ބުނެފިއެވެ. އޭޑީކޭން ބުނީ އެއީ ފުރާނައަށް ނުރައްކާ ވެދާނެ ހާލަތެއް ކަމަށާއި، ރައީސް ނަޝީދުގެ ހަށިކޮޅުގެ ގިނަ ތަންތަނަށް ބޮޑެތި ޒަހަމްތައް ލިބިފައިވާ ކަމަށެވެ.

މެއާ ދިމާއަށް ވަދެފައި ހުރި ރޭޒާ ފުއް ވަދެފައި ހުރީ ފުއްޕާމޭ ފޫއަޅާފައި ކަމަށާއި، މެއަށް ނުވަދެ ހުރީ ކަށިގަނޑެއްގައި ޖެހުމުން ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ. އަދި އެ ކަށިގަނޑު ވަނީ ފުނޑިފައި ކަމަށާއި އެ ކަށިގަނޑުން 1 ސެންޓިމީޓަރު ތިރިޔަށް ރޭޒާފުއް ޖެހުނު ނަމަވެސް ހިތުގެ ތެރެއަށް ރޭޒާފުއް ވަންނާނެ ކަމަށް ކަށީގެ ޑޮކްޓަރު ޑރ. ހުސައިން ޝަކީލް ވަނީ ވދާޅުވިއެވެ. ޑރ. ޝަކީލް އިތުރަށް ވިދާޅުވެފައި ވަނީ ހަށިގަނޑު ތެރެއަށް ލޭޒާފުއް ތައް ވަދެފައި ވަނީ ވާތްފަރާތުން ކަމަށާއި ރޭޒާފުއް ވަދެފައި ވާ އިރު ފުއްޕާ މޭ ފޫއަޅާ ގޮސް ޖެހިފައި އިން ކަށިގަނޑު ހަލާކުވެ ކަށިގަނޑުގެ އެތިކޮޅުތައް ފުއްޕާމެއަށް ހެރިފައިވާ ކަމަށެވެ.

އެންމެ ފުރަތަމަ ފަރުވާ ދެވުނު ގޮތް ހާމަކުރަމުން ޑޮކްޓަރު ޝަކީލް ވިދާޅުވެފައި ވަނީ، އެންމެ ފުރަތަމަ ފުއްޕާމެއިން ވައި ބޭރުވާ ތަންތަން ބަންދުކުރުމަށް ފަހު އޮޕރޭޝަނުގައި ބޭރުވާ ދިޔާތަކެތި ބޭރުކުރުމަށް ޓިއުބު ލެއްވައިގެން ކުރިޔަށް ގެންދިޔަ ކަމަށެވެ.

ރައީސް ނަޝިދަށް ފަރުވާދެމުން ގެންދިޔަ އިރު އާއިލާގެ ބޭފުޅުންނަށް ކޮންމެ ބައިގަޑިރަކުން މައުލޫމާތު ފޯރުކޮށްދެމުން ގެންދެވި ކަމަށް ޑރ. އަބްދުﷲ ނިޔާފް ވިދާޅުވިއެވެ. ފުއްޕާމެއަށް ފަރުވާ ދިނުމަށް ފަހު ދެން ފަރުވާ ދީފައިވަނީ ބަނޑަށް ލިބިފައިވާ ޒަހަމްތަކަށެވެ. ބަނޑަށް ލިބިފައިވާ ޒަހަމްތަކުގެ ތެރޭގައި ގޮހޮރު ވަރަށް ބޮޑަށް ޒަހަމްވެފައި ވާކަމަށް ޑރ. ނިޔާފް ވަނީ ހާމަކުރައްވާފައެވެ. ބަނޑުގެ ޒަހަމްތަކަށް ދިން ފަރުވާ ތަފްސީލު ކޮށްދެމުން ޑރ. އަހުމަދު ނިޝާން ވިދާޅުވެފައި ވަނީ ބަނޑުގައި 3 ދަނގަޑު އތިކޮޅު ވާކަމަށް ސީޓީ ސްކޭން އިން ދެއްކި ކަމަށާ، ގެއްލުން ލިބިފައި ހުރި ތަންތަން ބެލުމަށް ފުރަތަމަ ކެމެރާ ލައްވައިގެން ބެއްލެވި ކަމަށެވެ. ކެމެރާ ލައްވައިގެން އެތެރެ ބެލުމުން، ބަނޑުގެ މަސްގަނޑު ފޫއަޅާފައި ހުރިކަން ފާހަގަވި ކަމަށާ، ބައިވަރު ލޭ ބަނޑުތެރޭގައި ހުރިކަމަށް ޑރ. ވިދާޅުވިއެވެ. އަދި ބަނޑުތެރެ ފޫއަޅުވާލާފައި ގޮސްފައި ހުރުމުން އެތެރޭގެ ގުނަވަންތަކަށް ގެއްލުން ލިބިފައި ވާނެކަމަށް ބެލެވޭތީ ދެން މަސައްކަތް ކުރެއްވީ ބަނޑުގެ މަސްގަނޑު ހުޅުވައިގެން ބެލުމަށް ކަމަށް ޑރ. އަހުމަދު ނިޝާން ވިދާޅުވިއެވެ.

ނަޝީދުއަށް ލިބިވަޑައިގެންފައިވާ އިތުރު އަނިޔާތަކުގެ ތެރޭގައި ފަލަ ގޮހޮރުގެ 2 ތަނަކުން ލޯވަޅު އެޅިފައިވާ ކަމަށާ، އަދި މައިދާވެސް ފޫއަޅާފައި ވާކަމަށް ޑރ. ވަނީ ވިދާޅުވިއެވެ.

ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްތް ހަމަލާގައި ނަޝީދަށް ލިބިވަޑައިގެންނެވި އިތުރު އަނިޔާތަކުގެ ތެރޭގައި، ރޭޒާފުއް ވާއަތުގެ އަތުގެ އުޅަނބޮށި ހުޅާއި އަދި ވާއަތުފައިގެ ކަކުލު ހުޅާ ދިމާލަށް ވަނީ ވަދެފައެވެ. އޭގެ އިތުރުން ހަށިގަނޑުގެ 8 ދިމާއަކަށް ރޭޒާފުއް ވަދެ ޒަހަމްވެފައި ވާކަމަށް ޑޮކްޓަރުން ވަނީ ހަމަ ކުރައްވާފައެވެ. ޑޮކްޓަރުން އިތުރަށް ވިދާޅުވީ، ހަށިގަނދު ތެރެއަށް ވަދެފައި ހުރި ރޭޒާފުއްތަކުގެ ތެރެއިން ފުކެއް ޕުއްޕާމެއާ ދިމާގައި ހަށިގަނޑުގެ އެތެރޭގައި ދެކޮޅަށް ދެކޮޅަށް ދުވާތީ ދެފަރާތުގެ ގްރޮއިންއިން ހޮޅި ލައްވައިގެން މެޑިކަލް ބާސްކެޓެއްގެ އެހީގައި އެ ފުއް ނަގަން ޖެހުނު ކަމަށެވެ. އަދި އެއީވެސް ކްރިޓިކަލް ސާޖަރީއެއް ކަމަށް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދުގެ ހަށިގަނޑަށް ލިބިވަޑައިގެންފައި ހުރި ގެއްލުންތަކާއި ޒަހަމްތަކަށް ފަރުވާ ދިނުމަށް ފަހު މިއަދު ހެނދުނާ ޖެހެންދެން އޮންނެވީ ވެންޓިލޭޓަރުގައި ކަމަށް ވިޔަސް މިހާރު ވަނީ ވެންޓިލޭޓަރުން ނަގާފައެވެ. އަދި މިހާރު އެމަނިކުފާނު ސްޓޭބަލް ކަމަށް ޑޮކްޓަރުން ވިދާޅުވިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 8:27 ގައި ދިން ޓެރަރިސްޓް ހަމަލާގައި ނަޝީދުގެ އިތުރުން 5 މީހަކު ޒަހަމްވިއެވެ. އޭގެ ތެރޭގައި ނަޝީދުގެ ކުރިއާއި ފަހަތުގައި ތިބި ބޮޑީގާޑުންނާއި އާންމުން ހިމެނެއެވެ. ނަމަވެސް އެއިން އެއްވެސް މީހަކަށް އެހާ ބޮޑު އަނިޔާއެއް ނުލިބެއެވެ. އެމީސް މީހުންނަށް ލިބިފައިހުރި އަނިޔާތަކުގެ ތެރޭގައި ބޮން ގޮވުމުގެ ސަބަބުން ބުރައިގެން ދިޔަ ރޭޒާފުއްތައް އަތުގައާއި ފައިގާ ޖެހި ހަލާކުވެފައި ވެއެވެ.