ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓުތަކަށް ކަރަންޓު ދިނުމަށް ގެނަސްފައި ހުރި ކޭބަލްތައް ވަގަށް ނެގުމާ ގުޅިގެން ގިނަ ދަތިތަކަކާ ކުރިމަތިވެއްޖެ ކަމަށް ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީ އިން ބުނީ ހިޔާ މަޝްރޫއުގެ ދަށުން އިމާރާތް ކޮށްފައިވާ ހައުސިން ޔުނިޓުތަކަށް ކަރަންޓުގެ ހިދުމަތް ދިނުމަށް ގަނެފައިވާ ކަރަންޓް ކޭބަލްތައް ގެއްލިފައިވާކަން އެ ކޯޕަރޭޝަންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެއާއެކު މިހާރު އެ ކުންފުނީގެ އިންޓާނަލް އޮޑިޓުންނާއި ފުލުހުން ގުޅިގެން އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ހިޔާ ފްލެޓުތަކުގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިން އެތަނުގައި ކަރަންޓު ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ދާއިރު މިފަދަ ކަމަކާ ކުރިމަތިވުމަކީ މަޝްރޫއު ކުރިޔަށް ގެންދިއުމަށް ހުރަސް އެޅޭ ކަމެއް ކަމަށްވެސް އެޗްޑީސީން ބުނެއެވެ.

އެކަމުގައި އެޗްޑީސީގެ އެއްވެސް މުވައްޒަފަކު ބައިވެރިވެފައިވާ ނަމަ އެ މުވައްޒަފަކާ މެދު ފިޔަވަޅު އެޅާނެ ކަމަށާއި ހިޔާ ފްލެޓުތަކުގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިން ހުންނަންް ޖެހޭނެ އަސާސީ ހިދުމަތްތައް ދިނުމުގައި އެއްވެސް މެދުކެނޑުމެއް ނެތި ކުރިޔަށް ދާނެ ކަމަށް އެޗްޑީސީ އިން މައުލޫމާތު ދެއެވެ.

ހިޔާ ފްލެޓްތަކަށަ ކަރަންޓް ދޭ ކޭބަލްތަކެއް ގެއްލިގައިވާ އިރު ގެއްލުނީ ކިހާ ކޭބަލެއް ކަމެްް އެޗްޑީސީއަކުން ނުބުނެއެވެ.