ޒުވާނުންނަށް ހާސްކަމެއް ނެތި މިއުޒިކާއެކު މަޖާކޮށްލެވޭނެ މަރުކަޒެއް ގާއިމް ކުރުމަށް ގޮވާލައި މަޖިލީހަށް ހުށައެޅި ގަރާރު ފާސް ކޮށްފިއެވެ.
މި ގަރާރު ފާސްވީ ޖުމުލަ 46 މެންބަރުންގެ އަޣުލަބިއްޔަތުން، މިއަދު މަޖިލީހުގައި ނެގި ވޯޓުންނެވެ. މި ގަރާރާ ދެކޮޅަށް ވޯޓު ދެއްވާފައި ވަނީ 05 މެންބަރުންނެވެ.
މިއުޒިކާއެކު ޒުވާނުންނަށް ހާސްކަމެއް ނެތިި މަޖާކޮށްލެވޭނެ މަރުކަޒެއް ގާއިމުކުރުމުގެ ގަރާރު މަޖިލީހަށް ހުށަހެޅުއް ވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް އެވެ. މި ގަރާރު މަޖިލީހަށް ބަލައިގަނެފައި ވަނީ ނިމިދިޔަ ދައުރުގައެވެ.
ގަރާރުގައި ބުނެފައި ވަނީ، މާލެއަށް ދިމާވެފައިވާ ހުރިހާ މައްސަލަތަކަކަށް ސަރުކާރުން ހައްލު ހޯދަމުން ދާއިރު އެ ގަރާރުގެ ބޭނުމަކީ ޒުވާނުންނަށް ހާސްކަމެއް ނެތި މިއުޒިކާއެކު މަޖާކޮށްލެވޭނެ ފަދަ މަރުކަޒެއް ގާއިމުކޮށް ޒުވާނުންގެ މިއުޒިކުގެ ފަންނު އިތުރަށް ތަރައްގީ ކުރުމާއި އެފަދަ ވަސީލަތްތައް އިތުރަށް ތަރައްގީ ކުރުމުގެ މުހިންމުކަން ފާހަގަކޮށް އެކަން ސަރުކާރުގެ ސަމާލުކަން ގެނައުމެވެ.
މި ގަރާރަށް ބަހުސްކުރުމަށް ހުޅުވާލި ހުޅުވާލުމުގައި ގިނަ މެންބަރުންތަކެއް ވަނީ ގަރާރަށް ތާއީދުކޮށް ވާހަކަ ދައްކާފައެވެ. ހަމަ އެހެންމެ މި ގަރާރާ ގުޅިގެން ދީނީ އިލްމުވެރިންގެ ފާދު ކިޔުން ވަނީ މަޖިލީހަށް އަމާޒު ވެފައެވެ.
ފާޑު*
ޔާﷲހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. ބަލަ މި އިއްޒަތްތެރި މެންބަރުންނައް ހަމަ ނޭނގެނީބާ މީ ސައްތައިން ސައްތަ މުސްލިމު ގައުމެއް ކަން ބަލަ މިގައުމުގަ ޒުވާނުންއި ސްލާމް ދީނުގެ މަގުން އެކަހެރި ކުރުމައްޓަކާ ނާސިގެތަކާއި. ކެސިނޯތަކާއި ކުޅިވަރުކުޅެ މަޖާކުރާ ތަންތަން ހެދުމަށް ރައިތުންގެ ހަޒާނާއިން ޚަރަދުކޮށް ބިނާ ކުރުމަށް ފާސްކުރުމުގެ ބަދަލުގާ އެޒުވާނުންނަށް އިސްލާމީ ވަހުދަތު. ދަސްކޮށްދީ އެޒުވާނުންނަށް އާޚިރަތް ހެޔޮގޮތުގައި ބޭނުން ހިފަން ދަސްކޮއްދޭ މަރުކަޒުތަށް ހުޅުވަން ފާސްކުރުން ރަނގަޅު މަޖާކުރުމާއި ކުޅިވަރުކުޅުމާއި. ޚިޔާލެއް ފިކުރެށް ނެތި އާޚިރަތްދުވަސް މަތިން ހަނދުމަ ނައްތާލުމުގެ ހިތާ ވަރަށް ވެސް ބޮޑުވާނެ. ޔާﷲ މިގައުމު މިފަދަ ޖާހިލުންގެ ކިބައިން ސަލާމަތް ކުރައްވާށި އާމީން.
އަހަރުމެން ދެކޮޅު