ކ. މާފުށީގައި ފަތުރުވެރިއަކާއި ދިވެއްސަކާ ދެމެދު މާރާމާރީއެއް ހިނގި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުން ބުނީ މާފުށީ ގެސްޓް ހައުސްއެއްގެ ތެރޭގައި ދިވެއްސަކާއި މިސްރުގެ ފަތުރުވެރިއަކާ ދެމެދު މާރާމާރީއެއް ހިނގި ކަމަށް ރިޕޯޓު ކޮށްފައި ވަނީ މި މަހުގެ 22 ވަނަ ދުވަހުގެ ރޭ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން 38 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށާއި އެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރުތުކޮށް ދޫކޮށްލާފައިވާ ކަމަށެވެ.

އެ މާރާމާރީގައި ދެމީހުންނަށްވެސް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.