ޕިއްޒާއަކީ ދިވެހިންގެ ތެރޭގައި މިހާރު އާންމު ކެއުމެކެވެ. ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި މަގުބޫލު ޑިޝްއެކެެވެ. މިއީ ތަފާތު، މީރު ޕިއްޒާއެއް ތައްޔާރުކޮށްލެވޭނެ ރެސިޕީއެކެވެ.
ހާއްސަކޮށް މި ރެސިޕީއަކީ މި ރޯދަމަހު ސުފުރާމަތި ފުރިހަމަ ކޮށްލާ ކުދިންނާއެކު ރޯދަ ވީއްލުމަށް ތައްޔާރު ކުރުމަށް ރަނގަޅު ރެސިޕީއަކަށްވާނެއެވެ.
ފުށްގަނޑު ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި:
- 600 ގްރާމު ފުށް
- 7 ގްރާމް ޔީސްޓް
- ތާފަނާ ފެން (މޮޑެވޭ ވަރަށް)
- ހަކުރު (ދެ އިނގިލިން ހިފޭ ވަރުގެ)
- 1 ސައިސަމްސާ ލޮނު
- 1/4 ޖޯޑު ތެޔޮ
މަސްގަނޑު ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި:
- 2 ސައި ސަމްސާ ތެޔޮ
- 2 ޖޯޑު ފިލެޓް ބީފް (ހިމުންކޮށް ކޮށާފަ) (ބޭނުންނަމަ ކުކުޅު ނުވަތަ މަސްދަޅު ބޭނުން ކުރާށެވެ)
- 2 ފިޔާ ( ކޮށާފަ)
- 1/2 ސައިސަމުސާ އަސޭމިރުސް
- 4 ކެޕްސިކަމް
- 10 ޗެރީ ޓޮމާޓޯ
- 1/3 ޖޯޑު ޓޮމާޓޯ ސޯސް
- 2 ލޮނުމެދު (ގާނާފަ)
- 2 ޖޯޑު ޗީޒް (ގާނާފަ)
- 1 ސައިސަމްސާ ލޮނު
- ހިކަނދިފަތް
ފުށްގަނޑު ތައްޔާރު ކުރާނެ ގޮތް:
އެންމެ ފުރަތަމަ ތާފަނާ ފެންފޮދަކަށް ޔީސްޓް އެޅުމަށްފަހު ބަހައްޓާށެވެ. އެއަށްފަހު ފުށްކޮޅުގެ ތެރެއަށް ތެލާއި ހަކުރާއި ލޮނުއަޅާށެވެ. އޭގެ ތެރެއަށް ފެން އެޅުމަށްފަހު ރަނގަޅަށް މޮޑެލާށެވެ. ރަނގަޅަށް މޮޑެވުމުން ފުށްގަނޑު މަތި ބަންދުކޮށްފައި 30 މިނެޓު ވަންދެން ބާއްވާށެވެ.
މަސްގަނޑު ތައްޔާރު ކުރާނެ ގޮތް:
ތެޔޮފޮދެއްގައި ފިޔާ އާއި ލޮނުމެދާ ހިކަނދިފަތްލާ މިލުވާލާށެވެ. އޭގެ ތެރެއަށް ބީފްކޮޅު އަޅާ ރޯ ފިލުވާލާށެވެ. ރޯ ފިލުމުން ޓޮމާޓޯ ދަޅު އަޅައި ރަނގަޅަށް ކައްކާލާށެވެ. ކެކެމުންދާއިރު ހަކުރު ކޮޅު އަޅާލަން ވާނެއެވެ. ދެން ކުޅި ރަހަ އަދި ލޮނު ރަހަ ހެޔޮވަރު ކުރާށެވެ.
ޕިއްޒާ ފުށްގަނޑު ނަގާ ކުޑަކޮށް ގުޅަކަނޑާށެވެ. އެއަށްފަހު މަފިން ޓްރޭއަށް ހެޔޮވަރުވާ ވަރަށް ޓްރޭ ތެރެއަށްލާ ފުށްގަނޑުގައި ސޯސް އުނގުޅާލާށެވެ. ދެން މަސްގަނޑު އަޅާ އޭގެ މައްޗަށް ކެޕްސިކަމް އާއި ޓޮމާޓޯ މައްޗަށް (ފޮއްޗަށް) ކޮށާލާށެވެ. އޭގެ މައްޗަށް ޗީޒް ކޮޅު އަޅާ ފުއްގަނޑު ރޯފިލަން ދެން ފިހެލާށެވެ.