ކުރިއާގެ މަގުން ތަފާތު ދެފަހަރެއްގެ މަތިން ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލާގެންފިއެވެ.

ކަސްޓަމްސްއިން ބުނީ އެތަކެތި އަތުލައިގެންފައިވަނީ އިއްޔެ ކުރިއާ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލްތައް ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

އެގޮތުން ނައިޖީރިއާއިން ކޮކެއިންގެ 1032 ގްރާމް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އިރު ޖަމައިކާ އިން ވަނީ 547 ގްރާމް (ޕެކިންއާއެކު) ކޮކެއިން އެތެރެ ކުރަން އުޅެފައެވެ.

ކަސްޓަމްސް އިން ބުނީ އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 1,579 ގްރާމް ހުރި ކަމަށާއި އެތަކެތީގެ މަގުމަތީ އަގު ޖުމްލަ 4,737,000 (ހަތަރު މިލިއަން ހަތްލައްކަ ތިރީސް ހަތްހާސް) ރުފިޔާއަށް އަރާ ކަމަށެވެ.

އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު މޯލްޑިވްސް ޕޮލިސް ސާވިސްއާ ހަވާލު ކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.