ރާއްޖޭގައި ހުނަރުވެރި އެތައް ޕްޓޯގްރާފަރުން އެބަ އުޅެއެވެ. އޭގެ ތެރެއިން ތ. ގުރާދޫ އަށް އުފަން އުމުރުން 23 އަހަރުގެ އަބްދުﷲ ޔަޝާއު ހިމެނޭނެ ކަމީ ޔަގީން ކަމެކެވެ.

ޔަޝާއު ބުނާގޮތުގައި އޭނާ ފޮޓޯ ނަގަން ޝައުގުވެރިކަން އުފެދުނީ 2014 ވަނަ އަހަރު ފޮޓޯ ނަގާ ރައްޓެއްސަކާ އެކީ އުޅެ، އޭނާ ކައިރިން އެއްޗެހި ދަސްވެގެންނެވެ. އޭރު ޔަޝާއު ނެގި ފޮޓޯތަކަށް އެންމެން ވެސް ބުނަމުން އައީ ހުނަރު އެބަ ހުރި ކަމަށެވެ. އަދި އެކަމާ އުޅެފިއްޔާ ވާނެ ކަމަށެވެ.

https://www.instagram.com/p/CCtXX82JSEO

އެއީ ފެށުމެވެ. ޔަޝާއު ބުނާގޮތުގައި މިހާރު އޭނާއަށް ލިބެނީ ވަރަށް ހިތްހަމަޖެހޭ ކޮމެންޓެވެ. އަދި އެންމެން ވެސް އޭނާ ނަގާ ފޮޓޯތައް ވަރަށް ރީއްޗޭ ބުނާ ކަމަށް އޭނާ ބުނެއެވެ.

ޔަޝާއު އެންމެ ނަގާ ހިތުން ނަގަނީ ކުޅިވަރާއި އާ އޮސްތްރޯ ފޮޓޯ ގުރަފީއެވެ.

ފޮޓޯގުރަފީ ފީލްޑަށް ނުކުމެވުނީ ޝާފީ (ޑިޖިޓަލް ސްޓޫޑިއޯގެ ފައުންޑާ) ހޯދައިދިން ފުރުސަތަކުން ކަމަށް ޔަޝާއު ބުނެއެވެ. މި ދާއިރާ ފެށިއިރު އޭނާއަށް އެންމެ އެހީތެރިކަން ލިބުނީ ޝާފީ، އަފްރާ، އިއްޒަ، ޔާމިން، އަތިއްކޯ، މަފް ،ނަދާ، މޫމިން، ކިރަމް، ޝާމިލް އަދި މުޅި ސިމްޑީ ޓީމްގެ ފަރާތުން ކަމަށް އޭނާ ބުނެއެވެ.

https://www.instagram.com/p/BTwTcRDhQBn/?igshid=1e1nsf2l19pa4

ޔަޝާއު ބުނީ އޭނާއަށް އެންމެ ސަޕޯޓު ލިބެނީ ހުސެއިން އިޝާން، އިސްމާއިލް އަލީ، ހުސެއިން ރަޝީދު، މުހައްމަދު އައްފާން، މުޅި އާއިލާގެ ފަރާތުންނެވެ.

ޔަޝާއު ގަބޫލުކުރާ ގޮތުގައި އޭނާ ހޯދި އެންމެ ބޮޑު ކާމިޔާބަކީ ރާއްޖޭގެ ޓޮޕް ލެވެލްގެ ރިސޯޓުތަކަށް ފޮޓޯ ނަގަން ދިއުމެވެ. އެއީ އޭނާ ސްކައިޒް އަދި ޑިޖިޓަލް ސްޓޫޑިއޯގައި މަސައްކަތްކުރި އިރު ލިބުނު ފުރުސަތުތަކެކެވެ.

https://www.instagram.com/p/BZq3CVEB97N/?igshid=10afqzh453x2q

ޔަޝާއުއަށް މިހާތަނަށް ނެގުނު އެންމެ ރީތި ފޮޓޯގެ ގޮތުގައި ނެގީ ރަންދެލީގައި ޕޫލް ކައިރިން ނަގާފައިވާ ފޮޓޯއެކެވެ.

ޔަޝާއު ގަބޫލު ކުރާގޮތުގައި ފޮޓޯ ނެގުމުގެ ދާއިރާން ކުރިއަށް ދާން ބޭނުންވާ ކުއްޖަކަށް ދިމާވާ އެތައް ދަތިތަކެއް އެބަހުއްޓެވެ. އެގޮތުން އެކުދިންނަށް ފުރުސަތު ނުލިބުމާއި، އެކަމަށް ބެނުންވާ އިކުއިޕްމެންޓް ނުލިބޭ ކަމަށް ޔަޝާއު ފާހަގަކުރެއެވެ.

ޔަޝާއު ބުނަނީ އެކުދިންނަށް ވެސް ވާނެ ކަމަށެވެ. އަދި ހުނަރު ހުރެ، މަސައްކަތް ކުރާ ކޮންމެ ކުއްޖަކަށް ވެސް ވާނެ ކަމެއް ކަމަށް ޔަޝާއު ބުނެއެވެ.

ބައެއް މީހުންނަށް ހީވޭ އެއީ ޖޮބެއް ނެތް މީހުން ކުރާ ކަމެކޭ، މާ މޮޅު ކަމެއް ނޫނޭ، އެއީ ގަބޫލު ކުރެވޭ ކަމެއް ނޫން، އަގު ބޮޑު ކެމެރާ އާ ގަނެގެން، އެޑިޓް ކުރާ ސާމާނާ އެއްޗހި ހޯދައިގެން އެކަން ކުރަނީ، ވަރަށް ހާޑް މަސައްކަތް އެއީ، ކުރާ ހިތުން ކުރާ މީހަކަށް ވަރަށް ފަސޭހަ ކަމެއް، އެކުދިންނަށް ވެސް ވާނެ، ނުވާ ވަރުގެ ކަމެއް ނޫން މީ، ޕެޝަން ހުރެފަ ޓެލެންޓް ހުރިއްޔާ ހަމަ ކޮންމެ ކުއްޖަކަށް ވެސް ވާނެ
ޔަޝާއު

މިދާއިރާއިން ކުރިއަށް ދާން ބޭނުންވާ ކުދިންނަށް ޔަޝާއު ދޭން ބޭނުންވާ މެސެޖެއް އެބައޮތެވެ. ޔަޝާއު ބުނަނީ ފޮޓޯ ނަގާތީ މީހުން މަލާމަތް ކުރިނަމަވެސް އެކަން ހުއްޓާ ނުލާށެވެ. އަދި ގިނައިން ފޮޓޯ ނެގިވަރަކަށް ފޮޓޯނަގަން ދަސްވާނެ ކަމަށެވެ.

ފޮޓޯ ނަގާތީ ބައެއް މީހުން މަލާމަތް ކުރާނެ، މާ ގިނައިން ކެމެރާ ހިފައިގެން އުޅޭތީ، ކީއްކުރަން ހޭ ތިއުޅޭ، އެކޮމެންޓު ލިބުނަސް ހުއްޓާ ނުލާށޭ، ގިނައިން ކެމެރާ ހިފައިގެން އުޅުނު ވަރަކަށް އެމީހަކު މޮޅުވާނެ ފޮޓޯ ނަގަން، ގިނަ އެއްޗެހި ދަސްވާނެ ފޮޓޯ ނަގަން، ފުރތަމަ ނަގާ ފޮޓޯ ޕާފެސްޓު ނުވާނެ، ޓްރައި ކޮށްގެން، އެއްޗެހި ދަސްކޮށްގެން، ކެމެރާ އާ އުޅޭ ވަރަށް ފޮޓޯ ނަގަން މޮޅުވާނީ
ޔަޝާއު

ޔަޝާއު ގަބޫލު ކުރާގޮތުގައި ކެރިއާއެއް ގޮތުގައި މިއީ ކުރަން ރަނގަޅު ކަމެކެވެ. އަދި ގޮންޖެހުން ތަކާ ކުރިމަތިލައިގެން، ވަރަށް ގިނަ މީހުން މިދާއިރާގައި އުޅޭކަން ޔަޝާއު ވަނީ ފާހަގަކޮށްފައެވެ.

ޔަޝާއު މި ދާއިރާއިން އެންމެ ދެކެން ބޭނުންވާ ދުވަހަކީ ރާއްޖޭގެ މަޝްހޫރު ފޮޓޯ ގުރާފަރުން ކަމަށްވާ، ސޮއްޓި، ޒިއްޕޮ ފަދަ ލެވެލް އަކަށް، ކާމިޔާބު، ނަން މަޝްހޫރު ފޮޓޯ ގުރާފަރަކަށް ވުމެވެ.