މިއަދު މެންދުރުފަހު އިލެކްޝަން ކޮމިޝަންގެ އިންތިހާބީ މަރުކަޒު ކައިރީގައި ހަމަ ނުޖެހުން އުފެއްދީ ޕީޕީއެމް އިން ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
ޝަރީފު ވިދަޅުވީ، ނަތީޖާ ޝައްކުވާ 18 ފޮއްޓެއްގެ ތެރެއިން މިއަދު ފޮއްޓެއްގެ ވޯޓު އަލުން ގުނުމުގެ އެކްސަސައިޒެއް ކުރިއަށް ގެންދިއުމަށް ތާވަލު ކުރެއްވި ކަމަށެވެ. އަދި އެ ކަމާ ގުޅުން ހުރި ހުރިހާ ފަރާތަކަށް އަންގާ އެކަމަށް ތައްޔާރުވެފައި ވަނިކޮށް އޭނާ އިންތިހާބީ މަރުކަޒަށް ވަޑައިގެންނެވި އިރު އެ މަރުކަޒުގެ ގޯތި ތެރޭގައި 100 އެއް ހާ މީހުން ތިބި ކަމަށެވެ.
ޝަރީފު އިތުރަށް ވިދާޅުވީ، އެ އެކްސަސައިޒާ ބެހޭ މައުލޫމާތު ދިން ނަމަވެސް، ބައެއް މީޑިއާތަކުން ސީދާ ދޮގު މައުލޫމާތު ފެތުރުމުގެ ނަތީޖާއަކަށް ވީ، ބާ ޖަމާލުއްދީން ކައިރިއަށް މީހުން އިތުރަށް އެއްވެ ހަމަނުޖެހުމަށް ބަދަލުވުން ކަމަށެވެ. މީޑިއާއެއްގެ ނަން ވިދާޅުވެ ޝަރީފު ވިދާޅުވީ، ޗެނަލް 13 އިން އޭރުވެސް ކިޔަމުން ދިޔައީ "ވޯޓު އޮޅުވާލައިފި" ކަމަށް ކަމަށާއި އެއީ ސީދާ ދޮގު މައުލޫމާތު ކަމަށެވެ.
ޝަރީފު އިތުރަށް ވިދާޅުވީ، އެމްޑީޕީގެ ރައީސް އާއި، އެޕާޓީއަށް ނިސްބަތްވާ އިސްބައެއް ބޭފުޅުން ޖަމާލުއްދީނަށް ވަޑައިގަތް އިރު އެތެރޭގައި ޕީޕީއެމް/ޕީއެންސީގެ އިސްވެރިންނާއި ސަޕޯޓަރުން ތިބި ކަމަށެވެ. އަދި ނަޝީދު ވަޑައިގެންނެވި ނަމަވެސް އީސީގެ ފަރާތުން ނަޝީދާ ބައްދަލު ކުރައްވާފައި ނުވާ ކަަމަސްވެސް ޝަރީފު ވިދާޅުވިއެވެ.
މިއަދު ހަމަނުޖެހުން ހިނގައިގެން ދިޔަ އިރު، ޖަމާލުއްދީންގެ ބޭރުގައި ތިބި އާންމުން ކިޔަމުން ދިޔައީ އެމްޑީޕީން ވޯޓު އޮޅުވާލަން ނަޝީދު އީސީއަށް ވެންނެވީ ކަމަށެވެ. އަދި މަޝްހަރު ހޫނުވެ ފުލުހުންނާއި އާންމުން ކުރިމަތިލައިފައި ވެސް ވެއެވެ. ބާ ޖަމާލުއްދީން ކައިރިއަށް އެއްވި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުންނާއި، ޕީޕީއެމްގެ ލީޑާޝިޕްގެ މެންބަރުންގެ އިތުރުން މާލެ ސަރަހައްދުގެ ކައުންސިލަށް ހޮވުނު ބައެއް މެންބަރުންނާއި، މޭޔަރު އިލެކްޓް ޑރ. މުހައްމަދު މުއިއްޒުވެސް ހުންނެވިއެވެ. އަދި ދެޕާޓީއަށް ނިސްބަތްވާ އާންމުން އެއްވި އިރު، ގިނައީ ޕީޕީއެމް އަދި ޕީއެންސީގެ މެންބަރުންނެވެ.
ކަލޯ ހަދާ ދޮގު އެންމެނަށް ވެސް މިހާރު އިގެޔޭ. ތި ޤަބޫލު ކުރާ މީހަކު ނެއްކަން ތި ވޯޓުން ވެސް ދައްކައިދީފި . ތީ ދޮގެއް ހެދެން އޮއްވާ ތެދެއް ހަދާނެ ބައެއް ނޫން. މިތިބީ ތި ވޯޓު ފޮށިތަކަށް ހަދާގޮތް ބަލަން. ފަޅޮލޭ ދުފާސާމާނޭ ކިޔާނެ ކަމެއް ނެތް .
ޢަލީ ހާ ކަލޭ ތިއުޅޭ ރީދޫ ބައިގަނޑަކީ ވަރަށް މާތްކޮށް އުޅޭ ބައިގަނޑެއް.
ކައުންސިލަށް ހޮވުނޭ ކިޔާ މޭޔަރާ ދެންތިބިމީހުންގެ ފެންވަރު ތިހިރީ. ތިބައިގަނޑު އޮންލައިންކޮށް މީޓިންއަށް އެކަނި ވަންނަން ޖޭގޮތް ހަދާފަ މުސާރަ 100 ރުފިޔާއަށް ބަދަލުކުރުމަށް ގޮވާލަން