އައްޑޫ ސިޓީގެ މޭޔަރު ކަމަށް ސަރުކާރުގެ މައި ޕާޓީ އެމްޑީޕީގެ ފަރާތުން ވާދަ ކުރެއްވި އަލީ ނިޒާރު އިންތިހާބު ވެއްޖެއެވެ.

ހިތަދޫ މެދު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރުކަން ވެސް ކުރެއްވި ނިޒާރު މި އިންތިހާބުގައި ވާދަ ކުރެއްވީ މިހާރުގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ)ގެ މައްޗަށް، އެމްޑީޕީގެ ޕްރައިމަރީގައި ބޮޑު ތަފާތަކުން ކުރި ހޯއްދަވައިގެނެވެ.

އެމްޑީޕީގެ ޓިކެޓްގައި އިންތިހާބަށް ނިކުންނެވި އަލީ ނިޒާރާ ވާދަކުރީ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓު މުހައްމަދު ލަތީފެވެ.

އެގޮތުން މިހާތަނަށް ގުނައި ނިމުނު ވޯޓު ފޮށިތަކުން ނިޒާރު އަށް ވަނީ 233 އަށް ވޯޓު ލިބިފައެވެ. ލަތީފަށް 139 ވޯޓު ލިބިފައި ވާއިރު ތޯހިރަށް މިހާތަނަށް ލިބިފައިވަނީ ހަތް ވޯޓެވެ.

ގިނަބަޔަކު އަންނަނީ ނިޒާރަށް މަރުހަބާ ކިޔަމުންނެވެ.