އެސްޓީއޯއިން ވިއްކާ ކޮންސްޓްރަކްޝަން މެޓީރިއަލްސްގެ ބާވަތްތައް އަތޮޅުތެރޭގެ ރަށްރަށުގައި ވިއްކުމުގެ މަސައްކަތް ކޮށްދޭނެ އެޖެންޓުން ހޯދަށް ފަށައިފިއެވެ.

އެސްޓީއޯއިން ކުރި އިއުލާނެއްގައި ބުނީ އެޖެންޓުން ނެގުމަށް މިވަގުތު ހަމަޖެހިފައިވަނީ ށ، ނ، ރ، ޅ، އއ، އދ، ވ، މ، ފ، ދ. ތ. އަތޮޅުން ކަމަށެވެ.

އެޖެންޓުގެ ގޮތުގައި އައްޔަންކުރާނީ ވިޔަފާރި ރަޖިސްޓްރީ ކުރުމާއިބެހޭ ގާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ނުވަތަ ވިޔަފާރި ތަކެވެ. ކޮންމެ އަތޮޅަކުން ދެ އެޖެންޓުން ނަގަން ނިންމާފައި ވާއިރު އެޖެންޓު ކަމަށް އެދި ހުށަހަޅާ ކޮންމެ ފަރާތަކަށްވެސް ގިނަވެގެން ދެ އަތޮޅަށް ބީލަން ހުށަހެޅޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ބީލަންކަރުދާސް ހުށަހެޅުމުގެ ސުންގަޑި އަކީ، މި މަހުގެ 25 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އެވެ.

އެޖެންޓުންގެ މަސައްކަތަކަށްވާނީ އެސްޓީއޯ އިން ވިއްކާ ކޮންސްޓްރަކްޝަން މެޓީރިއަލްސްގެ ބާވަތްތައް ކަނޑައެޅިފައިވާ އަތޮޅުތަކުގައި ވިއްކުމުގެ ހިދުމަތް ދިނުމެވެ.