އެޕަލް ގެ އެންމެ ފަހުގެ އައިޕެޑް ޕްރޯ، މެކްބުކް އެއާ އަދި މެކްބުކް ޕްރޯ މޫލީ މެދިވެރިކޮށް ޕްރީ އޯޑާއަށް ހުޅުވާލައިފިއެވެ.
އުރީދޫ މޯލްޑިވްސް އިން ބުނީ، އީ ކޮމާސް ޕްލެޓްފޯމް މޫލީން އެޕަލްގެ އެންމެ ފަހުގެ އައިޕެޑް ޕްރޯ، މެކްބުކް އެއާ އަދި މެކްބުކް ޕްރޯ، އުރީދޫ އެޕް މެދުވެރިކޮށް ޕްރީ އޯޑާއަށް ހުޅުވާލާފައިވާ ކަމަށެވެ. މޫލީ ޕްލެޓްފޯމް މެދުވެރިކޮށް އެޕަލްގެ އެންމެ ފަހުގެ މި ޑިވައިސްތަކަށް ރައްކާތެރިކަމާ އެކު ބީއެމްއެލް ނުވަތަ އެމްފައިސާ މެދުވެރިކޮށް އޮންލައިން ޕޭމަންޓް ދެއްކޭނެ ކަމަށް ވެސް އުރީދޫން ބުނެއެވެ.
މީގެ އިތުރުން ރާއްޖޭގެ ކޮންމެ ހިސާބަކަށް ޑެލިވާ ކޮށްދޭނެ ކަމަށާއި ޑެލިވާ ކޮށްދޭނީ މުޅިން ހިލޭ ކަމަށް އޫލީދޫން ބުނެއެވެ. މޫލީ ޓީމުން ބުނީ، އައިޕެޑް ޕްރޯ، މެކްބުކް ޕްރޯ އަދި މެކްބުކް އެއާ ޕްރީ އޯޑަރަށް ނަގާ ފަރާތްތަކަށް އޭޕްރިލް މަހުގެ މެދުތެރޭ ޑިވައިސްތައް ޑެލިވާ ކުރެވޭނެ ކަމަށް އުރީދޫން ބުނެއެވެ.
- އައިޕެޑް ޕްރޯ : "12.9 ، 256 ޖީބީ، އަގަކީ 22،299 ރުފިޔާ
- މެކްބުކް އެއާ : "13 ، 512 ޖީބީ، އަގަކީ 22،599 ރުފިޔާ
- މެކްބުކް ޕްރޯ : "13 ، 512 ޖީބީ، އަގަކީ 32،199.01 ރުފިޔާ
މޫލީ މެދުވެރިކޮށް އެންމެ ފަހުގެ އައިޕެޑް ޕްރޯ، މެކްބުކް އެއާ އަދި މެކްބުކް ޕްރޯ، އޯޑާ ކުރުމަށް އުރީދޫ އެޕްއަށް ޒިޔާރަތް ކުރުމަށް އުރީދޫން ބުނެއެވެ.
ފުޅާވަމުން އަންނަ އީ-ކޮމާސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް ފުރިހަމަ ޑިޖިޓަލް ޝޮޕިން ތަޖުރިބާއެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ގޮތުން، އޮންލައިން ޕޭމަންޓް، އީޒީ ރިޓާންސް އަދި މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީގެ ހިދުމަތް ވެސް މޫލީ މެދުވެރިކޮށް ފޯރު ކޮށްދޭ ކަމަށް އުރީދޫން ބުނެއެވެ. މި ޕްލެޓްފޯމްގެ ހާއްސަ އަނެއް ކަމަކީ، ކުދި ވިޔަފާރިތަކާއި އޮންލައިން ރީޓެއިލަރުންނަށް، ފަސޭހަކަމާ އެކު ކުރިޔަށް ވުރެ ގިނަ ކަސްޓަމަރުންނާއި މުއާމަލާތް ކުރުމުގެ ފުރުސަތު ފަހިވެ، ހިލޭ ވެއާ ހައުސް ހިދުމަތާއި ޑެލިވަރީ ހިދުމަތް ލިބުމެވެ
މި ހިދުމަތްތަކާ އެކު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިޔަފާރިތަކުން ޕްރޮޑަކްޓްތައް ފޯރުކޮށް ދިނުމުގެ ފުރުސަތު ވަނީ ފަހި ވެފައެވެ. ވިޔަފާރި އޮންލައިންކޮށް، އިތުރަށް ފުޅާކޮށް އަދި ގިނަ ކަސްޓަމަރުންނަށް ހިދުމަތް ދޭން ބޭނުންވާ ކޮންމެ ފަރާތަކަށް ވެސް މޫލީން ވަނީ އެ ފުރުސަތު ހުޅުވާލާފައެވެ. އިތުރު ފަރާތްތަކުން މޫލީ އާއި ގުޅެމުންދާއިރު، މި ޕްލެޓްފޯމް އޮތީ ކުރިޔަށް ވުރެ ގިނަ ކަސްޓަމަރުންނަށް، ކުރިޔަށް ވުރެ ތަފާތު ގިނަ އުފެއްދުންތަކެއް ފޯރުކޮށްދިނުމަށް ތައްޔާރުވެގެން ކަމަށް އުރީދޫން ބުނެއެވެ.