އެސްޓީއޯ އިން ސެންފޯޑު "ސްކްރެޗް އެންޑް ވިން"ގެ ނަމުގައި ރޯދަ ޕްރޮމޯޝަނެއް ތައާރަފު ކޮށްފިއެވެ.

އެސްޓީއޯ އިން ބުނީ، 500 ރުފިޔާއަށް ވުރެ މަތިން ވިޔާފާރި ކުރުމުން ސެންފޯޑު "ސްކްރެޗް އެންޑް ވިން" ޕްރޮމޯޝަންގެ ކޫޕަން ލިބޭނެ ކަމަށެވެ. އަދި މި ޕްރޮމޯޝަނުގައި ބައިވެރިވެގެން އަގުހުރި އިނާމުތަކެއް ލިބޭނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

މި ޕްރޮމޯޝަނުގައި ބައިވެރިވެގެން ލިބޭ އަގުހުރި އިނާމު ތަކުގެ ތެރޭގައި ރެފްރިޖެރޭޓާ، ޓީވީ، މެޝިން، އަވަން، ރައިސް ކުކާ، މިކްސްޗާ، ކޮފީ މޭކާ އަދި އުނދުން ފަދަ އެތައް ސާމާނެއް ހިމެނެއެވެ.

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް އިން މިހާރު ސެންފޯޑުގެ ބަދިގެ ސާމާނު ވެސް ލިބެން ހުންނާނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.

އޭގެ ތެރޭގައި އިލެކްޓްރިކް އަވަނާއި ރައިސް ކުކަރާއި ޓޯސްޓާ، ގްރިލް ޕްލޭޓް އަދި ސޭންޑްވިޗް މޭކާ ފަދަ ސާމާނު ހެޔޮ އަގުގައި ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.