އައްޑޫ ސިޓީގެ 3 އަވަށެއްގެ ނަރުދަމާ ނިޒާމުގެ މަސައްކަތެއް ނިންމައިފިއެވެ.

އެމްޓީސީސީން ބުނީ މިއަދު ނަރުދަމާގެ މަސައްކަތް ނިންމާފައި ވާ 3 އަވަށަކީ ސ. މަރަދޫ، ސ. މަރަދޫފޭދޫ އަދި ސ. ފޭދޫ ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން، 978,1 ގެއަށް ހޮޅި ގުޅައިދިނުމާއި، 522,33 ނަރުދަމާ ހޮޅި ވަޅުލުމާއި، 314 މޭންހޯލް ކޮނުމާއި، 595,8 ޕްރެޝާ ހޮޅި ވަޅުލުމުގެ މަސައްކަތް ހިމެނެއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާޖީން އެމްޓީސީސީއާ ހަވާލުކުރި އެ މަޝްރޫޢަކީ 581.129 މިލިއަންރުފިޔާގެ މަޝްރޫއެކެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ނިމިފައި ވަނީ 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަހެވެ.

ފޭދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދުއާއި، ޕްލޭނިންގް މިނިސްޓްރީގެ އިސްވެރިންނާއި، ސީއީއޯ އާދަމް އާޒިމްއާއި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.