މިއަހަރުގެ އެޕްރީލް / މެއި ގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭލެވެލް އަދި އޭއެސް ލެވެލް އިމްތިހާނުގައި ބައިވެރިވާން އެދިފައިވާ ގްރޭޑް 12 ގެ ދަރިވަރުންނަށް، އެކުދިން ބޭނުން ނަމަ މިއަހަރުގެ އޮކްޓޫބަރު / ނޮވެންބަރު ގައި އޮންނަ އިމްތިހާނުގައި ބައިވެރިވުމުގެ ފުރުސަތު ދޭން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއަހަރުގެ އެޕްރީލް، މެއި ގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭލެވެލް އަދި އޭއެސް ލެވެލް އިމްތިހާނުގައި ބައިވެރިވާން އެދިފައިވާ ގްރޭޑް 12 ގެ ދަރިވަރުންނަށް، އެކުދިން ބޭނުން ނަމަ، މިހާރުގެ އެޕްލިކޭޝަން ވިތުޑްރޯ ކުރުމަށް ފަހު މިއަހަރު އޮކްޓޫބަރުގެ ނޮވެންބަރު ގައި އޮންނަ އޭލެވެލް އިމްތިހާނުގައި ބައިވެރިވުމުގެ ފުރުސަތު ދޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

އެގޮތުން ވިތުޑްރޯ ކުރާ ދަރިވަރުންނަށް ސްކޫލް ނަމުގައި އަލުން ބައިވެރި ވެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި އެގޮތަށް ވިތުޑްރޯ ކުރެވޭނީ އައިއޭއެލްގެ މާއްދާތަކުން އެކަނި ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ އެޗްއެސްސީ އިމްތިހާނު ހަދާ ދަރިވަރުންނަށް އެއިމްތިހާނު މިހާރު ތާވަލު ކުރެވިފައިވާ ގޮތަށް ކުރިޔަށް ދާނެ ކަމަށެވެ.

ވިތުޑްރޯ ކުރުމަށް ބޭނުންވާ ދަރިވަރުންގެ މައުލޫމާތު މި މަހުގެ 30 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ސްކޫލް މެދުވެރިކޮށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް އަށް އެންގުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

މިނިސްޓްރީން ބުނީ ގަދަ 10 އަކަށް ދަރިވަރުން ހޮވުމުގައާއި ސްކޮލާޝިޕް ދިނުމުގައި ބަލާނީ އޭޕްރީލް މެއިގެ އިމްތިހާނުގެ ނަތީޖާއަށް ކަމަށެވެ.