އެލްކޭޖީ އިން ފެށިގެން މަތީ ގްރޭޑްތަކުގެ ދަރިވަރުން ސުކޫލަށް ގެންގޮސްގެން ކިޔަވާ ދޭން އެޑިއުކޭޝަނުން މިނިސްޓްރީން ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެޕްރީލް 01، 2021 އިން ފެށިގެން މާލޭ ސަރަހައްދުގެ ސްކޫލްތަކުގެ އެލްކޭޖީ އިން ފެށިގެން މަތީ ގްރޭޑްތަކުގެ ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

ކޮވިޑްގެ ސަބަބުން ރާއްޖޭގެ ސްކޫލުތައް ކުރިން ބަންދު ކުރުމަށް ފަހުން ސްކޫލުތައް ހުޅުވާ، 2020 ވަނަ އަހަރުގެ ދެވަނަ ޓާމްގެ ކިޔެވުން ފަށާފައި ވަނީ ޖެނުއަރީ މަހުގެ 10 ގައެވެ.

މި ދިޔަ އަހަރު ސްކޫލްތަކުގެ ޓާމު ކިޔެވުން ބަންދު ވި އިރު ރާއްޖެގައި ކޭސްތައް ވަނީ ދަށަށް ގޮސްފައެވެ. މިއަހަރު ފެށުނު އިރު 50 އިން ދަށުގައި ކޭސްތައް ހުރި ނަމަވެސް ސްކޫލަތައް ހުޅުވާލި ފަހުން ކޭސްތައް ވަނީ މައްޗަށް އަރާފައެވެ. އަދި އެކިއެކި ސްކޫލުތަކުގެ މެނޭޖުމަންޓުގެ ބައެއް ބޭފުޅުންނާއި ބައެއް ދަރިވަރުން ކޮވިޑަށް ޕޮޒިޓިވް ވެފައި ވެއެވެ.

އެކަމާ ގުޅިގެން މިނިސްޓްރީން ވަނީ ގްރޭޑް 6 އާ ހަމަޔަށް އޮންލައިންކޮށް ކިޔަވައިދޭ ގޮތަށް ހަމަޖައްސާފައެވެ. އަދި 7 އިން ފެށިގެން ގްރޭޑް 8 ގެ ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންގޮސްފައިވަނީ ސްކޫލަށް ހާޒިރު ކޮށްގެންނެވެ.

މިހާރުވެސް ގްރޭޑް 9 އިން 12 އަަށް ކިޔަވައި ދެނީ ސްކޫލަށް ގެންގޮސްގެންނެވެ.