100 އެމްބީޕީއެސް އާ ހަމައަށް ހަލުވި ސްޕީޑުގައި އުރީދޫ ސުޕާނެޓް ފައިބާ ބްރޯޑްބޭންޑުގެ ހިދުމަތް ގއ މާމެންދޫއަށް މިއަދު ތައާރަފު ކޮށްފިއެވެ.

އުރީދޫން ބުނީ ހަލުވި ސްޕީޑްތަކާއި، ބޮޑެތި އެލަވަންސްތައް ލިބޭ ޕެކޭޖްތަކުގެ އިތުރުން ސުޕާނެޓްގެ ހިދުމަތް މާމެންދޫ ރައްޔިތުންނަށް މިހާރު ލިބޭނެ ކަމަށެވެ. ބޮޑެތި ޑޭޓާ އެލަވަންސްތަކާއެކު ފުރިހަމަ ޕެކޭޖްތަކެއް ލިބޭނެ ކަމަށް އުރީދޫން ބުނެއެވެ. މީގެ އިތުރުން ސުޕަނެޓްގެ ހިދުމަތް ގއ.މާމެންދޫން ނަގާ ފުރަތަމަ 20 ފަރާތަކަށް މައިކްރޮސޮފްޓް 360 ލައިސެންސް ވެސް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އުރީދޫން ބުނެއެވެ.

"އަޅުގަނޑުމެން މއަބަދުވެސް މަސައްކަތް ކުރަމުންމިދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެންމެހާ ބޭފުޅުންނަށްވެސް ފެންވަރު ރަނގަޅު އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމަކީ އެންމެ މުހިންމުކަމެއްކަމުގައި ދެކިގެން. މިއަދު އުރީދޫ ހޯމް ބްރޯޑްބޭންޑް، ސުޕަރނެޓްގެ ޚިދުމަތް ގއ.މާމެންދޫގެ ރައްޔިތުންނަށް ފޯރުކޮށްދީ އިތުރު ފުރިހަމަކަމާއި އެކު އިންޓަނެޓް ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވުމަކީ، އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ކުރިއަށް އޮތް ތަނުގައިވެސް ދިވެހި ރައްޔިތުންގެ ދިރިއުޅުން އިތުރަށް ފާގަތިކޮށް ކުރިއެރުން ހޯދައިދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މިފަދަ މަސައްކަތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ކުރަމުންދާނެކަމުގެ ޔަގީންކަން އަރުވަން."
އުރީދޫގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު.

މާމެންދޫން މި ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކުން އެންމެ ކައިރީގައި ހުންނަ އުރީދޫ ޕާޓްނާ ޝޮޕް އަށް ދިއުމަށާއި އަދި ބޭނުން ނަމަ އޮންލައިންކޮށް ވެސް މި ހިދުމަތް ހޯދަން ހުށަހެޅޭނެ ކަމަށް އުރީދޫން ބުނެއެވެ.

ޑިިޖިޓަލް ހިދުމަތްތަކާ އެކު މުޖުތަމައުތައް ކުރިއެރުވުމަށް އުރީދޫން އަބަދުވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އުރީދޫން ދަނީ ރާއްޖޭގެ ގިނަ ރަށްރަށަށް ފެންވަރު ރަނގަޅު އިންޓަނެޓް ހިދުމަތް ފޯރުކޮށްދެމުންނެވެ.

އުރީދޫ މޯލްޑިވްސުން ކުރާ މަސައްކަތުގެ ތެރެއިން، ދާދި ފަހުން ވަނީ އުރީދޫ ސުޕަނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑް ކޮށްފައެވެ. މި ބަދަލުގެ ދަށުން ސުޕަނެޓް ކަސްޓަމަރުންނަށް 5 ގުނަ އިތުރު ސްޕީޑާއެކު 68 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑް ލިބޭނެއެވެ.

މާމެންދޫ ރައްޔިތުންނަށް، އެންމެ ހެޔޮއަގުގައި އިންޓަނެޓްގެ ހިދުމަތް، ސުޕާނެޓް ފައިބާ ބްރޯޑްބޭންޑް މެދުވެރިކޮށް މިހާރު ލިބިގެންދާއިރު، މި ހިދުމަތް ހޯދުމަށް ނުވަތަ ސުޕާނެޓް ޕެކޭޖްތަކާ ބެހޭ އިތުރު މައުލޫމާތު ހޯއްދުމަށް މި ލިންކަށް ވަނުމަށް އުރީދޫން ބުނެއެވެ.