ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިރުޝާދާއެކު، ރައްޔިތުން މަޖިލީހުގެ ތިން މެންބަރުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕޭނަށް އަތޮޅުތެރެއަށް ވަޑައިގެންފިއެވެ.
މިއަދުގެ ޖަލްސާ ފައްޓަވައިދެއްވަމުން މަޖިލިސް ރައީސް ވިދާޅުވީ މިއަދު ޖަލްސާއަށް ހާޒިރުވެ ތިއްބެވީ 27 މެމްބަރުން ކަމަށެވެ. އަދި ސަލާމުގައި 7 މެންބަރުން އެބަ ތިއްބެވި ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
އޭގެ ތެރޭގައި ކޮމަންޑޫ ދާއިރާގެ މެންބަރު، ހުސެއިން ވަހީދާއި މާމިނގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމާއި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ދީދީ އާއި ފުވައްމުލަކު ދެކުނު ދާއިިރާގެ މެންބަރު މުހައްމަދު މުންތާޒު އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު އަދި ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަހީދު ހިމެނޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.
އޭގެ އިތުރުން ހަތް މެންބަރުން ކަރަންޓީނުގައި އެބަ ތިއްބެވި ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
އެއީ ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހްމަދު އާއި ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ އާއި ވިލިނގިލީ ދާއިރާގެ މެންބަރު ސައީދު ހުސައިނާއި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު އާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމާއި ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުﷲ ހަކީމް އަދި ކެޔޮދޫ ދާއިރާގެ މެންބަރު ހުސެއިން ގާސިމް ކަމަށް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ.