އުރީދޫ މޫލީ މެދުވެރިކޮށް ރޯދައަށް ބޭނުންވާ ތަކެތި ވިޔަފާރިކޮށްލުމުން ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ޑެލިވާ ކޮށްދޭން ފަށައިފިއެވެ.

އުރީދޫން ބުނީ ރޯދަ ހަމަށް ތައްޔާރުވުމުގެ ގޮތުން އާންމުކޮށް ވިޔަފާރިކުރާ ތަކެތި ފަސޭހަކަމާއެކު އޮންލައިންކޮށް، އީކޮމާސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް ވިޔަފާރިކޮށްލެވޭނެ ކަމަށެވެ. އަދި ގަންނަ ކޮންމެ އައިޓަމެއްވެސް ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ޑެލިވާ ކޮށްދޭނެ ކަމަށް އުރީދޫން ބުނެއެވެ.

އެގޮތުން ރޯދައަށް ބޭނުންވާ ތަކެތި ހިމެނޭ ބާބަކިއު ގްރިލް، އިލެކްޓްރިކް ގްރިލް، އަވަން، ރައިސް ކުކާ، ކޮފީ މޭކާ، ޕޮކެޓް ރޭޑިއޯ، އިސްތިރި ފަދަ އެތަކެއް އައިޓަމެއް ހިމަނާފައިވެއެވެ. އެކި ރޭންޖުގެ ނަން މަޝްހޫރު ބްރޭންޑް ތަކުގެ ޕްރޮޑަކްޓްތަކަކީ އިތުބާރުހިފޭ މާޗަންޓުން ޕްލެޓްފޯމްގައި ފީޗާ ކުރައްވާ ޕްރޮޑަކްޓްތަކެއް މީގެ ތެރޭގައި ހިމެނެއެވެ. އުރީދޫ މޫލީ ޓީމުން ބުނީ ކުރިއަށް އޮތްތަނުގައި ގިނަ މާޗަންޓުންނާއިއެކު އިތުރު ޕްރޮޑަކްޓްތައްވެސް ފެނިގެންދާނެ ކަމަށެވެ.

މޫލީ މެދުވެރިކޮށް ރޯދައަށް ވިޔަފާރިކޮށްލުމަށް:

1- އުރީދޫ އެޕް މެދުވެރިކޮށް ޝޮޕްއަށް ޒިޔާރަތް ކުރައްވާ: http://ore.do/app

2- ޝޮޕް ހިޔާރުކުރެއްވުމަށްފަހި ROADHA ESSENTIALS ނުވަތަ ބޭނުންފުޅުވާ ކެޓެގަރީއެއް ހިޔާރުކުރައްވާ

3- ބޭނުންވާ އައިޓަމް ހިޔާރުކުރެއްވުމަށްފަހު ADD TO CART އަށް ފިތާލައްވާ.

4- ކާޓް އަށް ގޮސް ޗެކްއައުޓް ކުރައްވާ

5- ޑެލިވަރ ކުރަން ބޭނުންވާ އެޑްރެސް، ޑެލިވަރީ އެޑްރެސްގައި ޖައްސަވާ

6- އޯޑަރ ކަށަވަރު ކުރެއްވުމަށް ޕޭމަންޓް ކޮންފަރމް ކުރައްވާ

މީގެ އިތުރުން އުރީދޫން ބުނީ ކޮވިޑް-19އާ ގުޅިގެން ގައިދުރުކަން ބަހައްޓަން ޖެހި ދަތުރު ފަތުރު ކުރުމަށް ހުރަސްތަކެއް ދިމާވެފައިވާ މި ދުވަސްވަރު މޫލީ މެދުވެރިކޮށް ރޯދައަށް ބޭނުންވާ ތަކެތި ވިޔަފާރިކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ކަސްޓަމަރުންނަށް ލިބޭނެ ލުޔެއް ކަމަށެވެ.

އޭގެ އިތުރުން މޫލީން މަސައްކަތް ކުރަމުން ދަނީ ކަސްޓަމަރުންގެ ރައްކާތެރިކަމަށް އެންމެ އިސްކަމެއްދީގެން، އެޗްޕީއޭ ގެ އިރުޝާދުތަކާއި އެއްގޮތަށް މަސައްކަތް ކުރުމަށް ކަމަށެވެ.

ރާއްޖޭގެ ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަސް މޫލީ މެދުވެރިކޮށް ރޯދައަށް ތައްޔާރުވުމަށް ބޭނުންވާ ތަކެތި ވިޔަފާރިކޮށްލުމަށް މޫލީއިން މަރުހަބާ ކިޔައެވެ.