ދުނިޔޭގެ އެންމެ ނުފޫޒުގަދަ ގައުމުގެ ގޮތުގައި ސިފަކުރަމުން އައި އެމެރިކާގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ދުވަސްވަރު، މަޝްހޫރު މަހުޖަނު، ޑޮނާލްޑް ޓްރަމްޕްގެ މިލްކިއްޔާތުގެ އަގުން އެތައް މިލިއަން މިލިއަން ޑޮލަރެއް ދަށްވި ކަމަށް ހަބަރު ލިބިއްޖެއެވެ.

މިއާއެކު 2020 ވަނަ އަހަރު ޓްރަމްޕަށް ގެއްލުނީ ހަމައެކަނި ރިޔާސީ އިންތިހާބު ނޫން ކަމަށާ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު އޭނާގެ މިލްކިއްޔާތަށްވެސް ގެއްލުން ފޯރި ކަމަށް ބުނެވިދާނެއެވެ.

ބްލޫމްބާގް ބިލިއަނާޒް އިންޑެކްސް ދައްކާ ގޮތުން، ޑޮނާލްޑް ޓްރަމްޕްގެ މިލްކިއްޔާތަށް، 700 މިލިއަނެއްހާ ޑޮލަރުގެ ވެއްޓުމަކާ ކުރިމަތިވިއެވެ. ޓްރަމްޕްގެ މިލްކިއްޔާތުގެ އަގަކީ 2.3 ބިލިއަން ޑޮލަރެވެ.

ޓްރަމްޕްގެ މިލްކިއްޔާތަށް މިހާ ބޮޑު ހީނަރުކަމެއް އައީ، އޭނާގެ ކުންފުނިން ހިންގާ އޮފީސް އިމާރާތްތަކާ، ހޮޓާ އަދި ރިސޯޓްތަކަށް ލިބުނު އާމްދަނީ ދަށްވުމުގެ ސަބަބުންނެވެ. އަދި އެތަންތަނުގެ އަގު، ދަށަށް ދިއުމުގެ ސަބަބުންނެވެ. މީގެ އިތުރުން ޓްރަމްޕްގެ ގޮލްފް ދަނޑުތަކުގައި މަތިންދާ ބޯޓު ފްލީޓްގެ އަގުތައްވެސް ވެއްޓިފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.