20 ނަންބަރު ކަންވާރެއްގައި 28 ކިލޯގެ މަހެއް ބާނައިފިއެވެ.

"ދަ ޕްރެސް" އާ ވަހަކަ ދައްކަމުން އެ މަސް ބޭނި "ސައިލެންޓް ހަންޓާ" ކިޔާ ބޯޓުގެ މަސްވެރިއެއް ކަމަށްވާ އަބްދުﷲ އަލީ (އަބްދޯ ޑި) ބުނީ ބާނާފައި ވަނީ "ޑޯގް ޓޫތް ޓޫނާ" އެއް ކަމަށެވެ. އެ މަަސް ބާނާފައި ވަނީ ކ. އަތޮޅުގެ ކޮކޯ ބޮޑުހިތި ރިސޯޓު ކައިރިން ކަމަށެވެ.

އެ މަސް ތިލަކުރަން 30 ވަރަކަށް މިނެޓް ހޭދަވި ކަމަށް އޭނާ ބުނެއެވެ.

އާންމު ގޮތެއްގައި 20 ނަންބަރުގެ ކަންވާރު ކޮޅެއްގެ ކުރިއަށް 25 ނަމްބަރުގެ ރޮދީގަ ބޭނޭނީ 30 ވަރަކަށް ކިލޯ ހުންނަ މަހެއް

އެ މަސް ބާނާފައި ވަނީ ލައިޓް ޖިގިންގް ސެޓަޕެއްގައެވެ. އެ ބަރުދަނުގެ މަހެއް އެހާ ހިމަ ކަންވާރެއްގައި ބޭނުމަކީ ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ.

20 ނަންބަރު ކަންވާރެއްގައި ބޭނި 28 ކިލޯގެ މަސް ހިފަހައްޓައިގެން

ސްޕޯޓްސް ފިޝިންއަކީ މިހާރު ދިވެހި ޒުވާނުންގެ ތެރޭގައިި ވެސް ވަރަށް އާންމު މަސްވެރިކަމުގެެ ބާވަތަކެެވެ. މިފަދަ މަސްވެރިކަން ކުރުމުގައި ގިނަ ޒުވާނުންތަކެއް މިހާރުވެސް ހަރަކާތްތެެރި ވަމުން އަންނަ އިރު، އެއީ ރަނގަޅު އާމްދަނީއެއް ލިބޭ މަސައްކަތެއްގެ އިތުރުން ފޫހިފިލުވާލުގެ ގޮތުންވެސް މިހާރުގެ ޒުވާނުން ކޮށް އުޅޭ މަސައްކަތެކެވެ.