އެމްޓީސީސީ ކަށަވަރަކީ ރާއްޖޭގެ މަސްވެރިކަމާއި، ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން އާންމު ދަތުރުފަތުރުގެ ތެރެއިން ފަސިންޖަރުންނާއި، މުދާ އުފުލުމުގައި ބޭނުންކުރާ އޮޑިފޯނިފަހަރު ގެންގުޅޭ ފަރާތްތަކުގެ މެދުގައި ނަން މަޝްހޫރު ޝޯރޫމެކެވެ. މިއީ ދޯނިފަހަރުގައި އަޅާ އިންޖީނާއި، މިފަދަ އުޅަނދު ބަނެ، މަރާމާތުކުރުމަށް ބޭނުންވާ ތަކެއްޗާއި، ހިދުމަތްތައް ފޯރުކޮށްދޭ، އާންމުންގެ މެދުގައި މަގުބޫލު ޒަމާންވީ އެކުވެރިއެކެވެ.

ކަށަވަރު ޝޯރޫމް ވުޖޫދަށް އައުމުގެ ބިންގާއެޅުނީ 1980 ވަނަ އަހަރެވެ. އޭރު ސަރުކާރުން ހިންގަމުންދިޔަ "މޯލްޑިވްސް އިންޖީނު ސާވިސް ސެންޓަރު" އެމްޓީސީސީގެ ދަށަށް ގެނެސް "އެމްޓީސީސީ ސޭލްސް ސެންޓަރު"ގެ ނަމުގައި ހިންގަން ފެށުމާއިއެކުއެވެ.

އެންމެ ފުރަތަމަ މިތަނުން ދެމުންދިޔަ ހިދުމަތްތަކަކީ ދިވެހި މަސްވެރި އުޅަނދުފަހަރަށް ހާއްސަކޮށް ޔަންމާ އިންޖީނު ވިއްކުމާއި، އަޅައިދިނުން އަދި މަރާމާތު ކުރުމުގެ ހިދުމަތެވެ. 1994 ވަނަ އަހަރު އެމްޓިސީސީ ސޭލްސް ސެންޓަރުގެ ނަން "ޔަންމާ ސޭލްސް އެންޑް އާފްޓާ ސޭލްސް" ގެ ނަމަށް ބަދަލުކުރެވުނެވެ. އަދި ޒަމާން ބަދަލްވެ، ވިޔަފާރި ފުޅާވެ، އެމްޓީސީސީ ކަށަވަރުން ލިބޭ ބްރޭންޑްތަކާއި، ހިދުމަތްތައް އިތުރުވަމުންގޮސް، 2007 ވަނަ އަހަރު މިތަނުގެ ނަން "އެމްޓީސީސީ ކަށަވަރު" ގެ ނަމަށް ބަދަލުކުރިއެވެ. މިއަދު އެމްޓިސީސީ ކަށަވަރަކީ އޮނޑިދޯނިފަހަރަހަށް ދިމާވާ ކޮންމެ މައްސަލައެއްގެ ހައްލު ޔަޤީންކަމާއި އެކު އަތްފޯރާފަށުގައި ލިބޭ ތަނެކެވެ.

"އެމްޓީސީސީ ކަށަވަރު" ޝޯ ރޫމް / ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީ ކަށަވަރުން ކަނޑު ދަތުރުކުރާ އުޅަނދުފަހަރަށް ހާއްސަ ދުނިޔޭގެ ނަން މަޝްހޫރު ގިނަ ބްރޭންޑުތަކެއްގެ ސާމާނު ރާއްޖޭގެ މާކެޓަށް ތައާރަފްކޮށް ދަނީ ވިއްކަމުންނެވެ. އެގޮތުން އައުޓްބޯޑު އަދި އިންބޯޑު އިންޖީނަށް ހާއްސަ ބައިނަލްއަގުވާމީ ބްރޭންޑުތައްކަމަށްވާ ސުޒުކީ އަދި ޔަންމާ އިންޖީނު މި ޝޯރޫމްއިން ލިބެން ހުރެއެވެ.

އިންޖީނު އަދި ޖަނަރޭޓަރުތަކަށް ހާއްސަ އަޑީ ތެލުގެ ބާވަތްތައް އުފައްދާ ކާސްޓްރޯލް ބްރޭންޑަކީ ރާއްޖޭގައި ކަށަވަރު ޝޯވރޫމްއިން ވިއްކާ އެންމެ މަޤުބޫލު އެއް ބްރޭންޑުވެސްމެއެވެ. މެރިން ދަވާދާއި އެންޓިފައުލިން އުފައްދާ ޕީޕީޖީ ބްރޭންޑުގެ އުފެއްދުންތަކާއި، ހުންގާނު ސިސްޓަމް އުފައްދާ މެރޯލް ބްރޭންޑާއި، އިންޖީނުތަކަށް ބޭނުންވާ ފިލްޓަރު އުފައްދާ ޑޮނަލްޑްސަން ބްރޭންޑުގެ ފިލްޓަރުވެސް އެމްޓިސީސީ ކަށަވަރުން ލިބެން ހުރެއެވެ.

މީގެއިތުރުންވެސް އިންޑަސްޓްރިއަލް ގޭހުގެ ބާވަތްތަކުގެ ތެރެއިން އެސެޓްލިން، އޮކްސިޖަން، އާގަން އަދި ކާބަންޑައިއޮކްސައިޑް ވެސް ކަށަވަރުން ލިބެން ހުރެއެވެ. އޮޑިދޯނިފަހަރު ބަނނުމާއި މަރާމާތުކުރުމަށް ހާއްސަ ރެސިން، ޖެލްކޯޓް، ޕިގްމަންޓު، ފައިބާ ގްލާސް މެޓްގެ އިތުރުން ފެން ޕަންޕް، ޖަނަރޭޓާ، ލައިޓިން އަދި އެހެނިހެން އާލާތްތަކާއި ސާމާނު ކަސްޓަމަރުންނަށް ތަފާތު އަގުތަކުގައި އެމްޓީސީސީ ކަށަވަރުން ލިބެން ހުރެއެވެ. އެހެންކަމުން މިއީ އޮޑިދޯނިފަހަރަށް ކުރިމަތިވާ ކޮންމެ މައްސަލައެއްގެ ހައްލު ޔަގީނުން ލިބޭ ތަނެކޭ ބުނެވިދާނެއެވެ.

މިދެންނެވުނު ބްރޭންޑުތަކުގެ ތެރެއިންވެސް އެމްޓީސީސީ ކަށަވަރު ކަސްޓަމަރުންގެ މެދުގައި އެންމެ ނަން މަގުބޫލް ބްރޭންޑުތައް ކަމަށްވާ ޔަންމާ، ސުޒުކީ، ކާސްޓްރޯލް އަދި ޕީޕީޖީ ގެ އިތުރު ތަފްސީލަށް ބަލާލާމާ ހިނގާށެވެ.

ޔަންމާ އިންޖީން

ޔަންމާ އިންޖީނަކީ 1973 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ވިއްކަމުންދާ ބައިންލްއަގުވާމީގޮތުން ވެސް ފާހަގަކޮށްލެވޭ އިންޖީނެކެވެ. ޔަންމާ އިންޖީނަކީ ދިވެހިންގެމެދުގައި އެންމެ މަގުބޫލް އިންޖިނެވެ. ހާއްސަކޮށް މަސްވެރިންގެ މެދުގައި ޔަންމާ އިންޖީނުގެ މަގުބޫލުކަން އެހާމެ ބޮޑެވެ. އެހެން ދާއިރާތަކުގެ އޮޑިވެރިންގެ މެދުގައިވެސް މިއީ ނަން މަޝްހޫރު ބްރޭންޑެކެވެ. އެމްޓީސީސީ ކަށަވަރުން ޔަންމާގެ އެކި ބާވަތުގެ އިންޖީނު ލިބެންހުރެއެވެ.

"އެމްޓީސީސީ ކަށަވަރު" ޝޯ ރޫމް / ފޮޓޯ: އެމްޓީސީސީ

އެގޮތުން މަސްވެރިކަމާއި، ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން އާންމު ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރުގައި އަޅަން އެންމެ އެކަށީގެންވާ ޒާތުގެ 35 ހޯސް ޕަވަރުން ފެށިގެން 1200 ހޯސް ޕަވަރާ ހަމަޔަށް ޔަންމާ އިންޖީނު އެމްޓީސީސީ ކަށަވަރުން ލިބެން ހުރެއެވެ. ކަސްޓަމަރުންނަށް ވީހާވެސް ލުއިފަސޭހަ ގޮތްތަކެއް ފޯރުކޮށްދިނުމަށްޓަކައި ޔަންމާ އިންޖީން ބައްލަވައިގަންނަވާ ފަރާތްތަކަށް ހާއްސަ ގިނަ ޕްރޮމޯޝަންތަކެއް އެމްޓީސީސީ ކަށަވަރުން އަބަދުވެސް ކުރިޔަށް ގެންދެއެވެ. މިގޮތުން ޔަންމާ އިންޖީނު 3 އަހަރުދުވަހުގެ މުއްދަތަށް ބަހާލައިގެން ފައިސާ ދެއްކޭނެ ލުއިފަސޭހަ ގޮތްތަކެއްވެސް އެމްޓީސީސީ ކަށަވަރުން މިހާރުވެސް ދަނީ ފޯރުކޮށްދެމުންނެވެ.

ސުޒުކީ މެރިން

2007 ވަނަ އަހަރު މޭ މަހުގެ 28 ވަނަދުވަހު ރާއްޖޭގެ ބަޒާރަށް ތައާރަފްކުރެވުނު ސުޒުކީ އައުޓްބޯޑް އިންޖީނަކީ ޖަޕާނުގެ މަގުބޫލް އުފެއްދުމެކެވެ. މި އިންޖީނުތަކަކީ ދުވެލި ބާރު، ތެޔޮހަރަދުކުޑަ އަދި ގިޔަރު ވަރުގަދަ އިންޖީނުތަކެކެވެ. ބައިނަލްއަގުވާމީ އެތައް އެވޯޑެއް ހޯދާފައިވާ މި އިންޖީނުގެ 2.5 ހޯސްޕަވާ އާއި 325 ހޯސް ޕަވާއާއި ދެމެދުގެ އިންޖީނުތައް އެމްޓީސީސީ ކަށަވަރުން ލިބެން ހުރެއެވެ.

"އެމްޓީސީސީ ކަށަވަރު" ޝޯ ރޫމްގައި މަސައްކަތް ކުރާ މުވައްޒަފުން / ފޮޓޯ: އެމްޓީސީސީ

މިއީ ދަތުރުފަތުރުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައާއި، މަސްވެރިކަން ނުވަތަ އަމިއްލަ ބޭނުމަށް ގެންގުޅޭ ކަނޑުދަތުރުކުރާ ހައި ސްޕީޑް އުޅަނދުތަކުގައިވެސް އެޅުމަށް ދިވެހިންގެތެރޭގައި މަޤްބޫލްކަން ހޯދަމުންއަންނަ އުފެއްދުމެކެވެ. އެމްޓީސީސީ ކަށަވަރުން ސުޒުކީ އިންޖީނު ބައްލަވައިގަންނަވާ ފަރާތްތަކަށްވެސް ހާއްސަ އެކި ޕްރޮމޯޝަންތައް އަބަދުވެސް ދަނީ ހިންގަމުންނެވެ.

ކަސްޓަމަރުންނާއި އިންޖިނޭރުންނަށް އިންޖީނު ބަލަހައްޓާނެ ގޮތުގެ އަމަލީ ތަމްރީނު ދިނުމަކީވެސް މެދުކެޑުމެއްނެތި އެމްޓިސީސީ ކަށަވަރުން ކުރަމުންގެންދާ މަސައްކަތެކެވެ. އަދި މީގެއިތުރުން އެމްޓީސީސީ ކަށަވަރު ވިއްކާ ސުޒުކީ އިންޖީންތަކަށް ވޮރަންޓީގެ އިތުރުން އާފްޓާސޭލްސް ހިދުމަތްވެސް ދަނީ ފޯރުކޮށްދެމުންނެވެ. އަދި އިންސްޓޯލްމަންޓަށް އިންޖީނު ނެގޭނެ ގޮތަތަކެއްވެސް ވަނީ ތައާރަފް ކޮށްފައެވެ.

އެމްޓީސީސީ ކަށަވަރު" ޝޯ ރޫމް"ގައި މަސައްކަތް ކުރާ މުވައްޒަފުން / ފޮޓޯ: އެމްޓީސީސީ

ކާސްޓްރޯލް

އަޑިތެޔޮ އުފެއްދުމަށް ދުނިޔޭގެ އެންމެ މަޝްހޫރު ބީޕީ ކުންފުނީގެ ކާސްޓްރޯލް ބްރޭންޑްގެ އަޑިތެލަކީ މުޅި ދުނިޔޭގަވެސް އެންމެ ގިނަބަޔަކު އިތުބާރުކުރާ އެއް އަޑިތެލެވެ. ކާސްޓްރޯލަކީ 100 އަށް ވުރެ ގިނަ އަހަރުވީ ބްރޭންޑެކެވެ. 1994 ވަނައަހަރު އެމްޓީސީސީ ކަށަވަރުން ރާއްޖޭގެ ބާޒާރަށް ކާސްޓްރޯލް ތައާރަފްކުރެވުނު ދުވަހުން ފެށިގެން މިއަދާހަމައަށްވެސް ކާސްޓްރޯލް ވެފައިވަނީ ދިވެހިންގެމެދުގައި އިތުބާރުލިބިފައިވާ ބްރޭންޑަކަށެވެ.

ކާސްޓްރޯލްގެ އުފެއްދުންތަކަކީ ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރާއި، ކަރަންޓް އުފެއްދުމަށް ބޭނުންކުރާ ބޮޑެތިޖަނަރޭޓާ އަދި އެއްގަމު އުޅަނދުފަހަރުގައިވެސް ބޭނުންކުރަމުންދާ އުފެއްދުންތަކެކެވެ. އިންޖީނުތަކަށް ކާސްޓްރޯލް އަޑިތެޔޮ ބޭނުންކުރުމުގެ ސަބަބުން އިންޖީނަށް ކުރާ ހަރަދުކުޑަވެފައި އިންޖީނުގެ އުމުރުދިގުކަން ފާހަގަކުރެވެއެވެ.

އެމްޓީސީސީ ކަށަވަރު" ޝޯ ރޫމް" / ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީ ކަށަވަރުގެ ކަސްޓަމަރުންނަށް ކާސްޓްރޯލްގެ އެކި ބާވަތްތަކުގެ އުފެއްދުންތައް ރަގަނޅު އަގުތަކުގައި ދަނީ ފޯރުކޮށްދެމުންނެވެ. މިއީ މިހާރު ރައްޖޭގައި އެންމެ ގިނައިން ބޭނުންކުރާ އަޑިތެޔޮވެސް މެއެވެ. އެމްޓީސީސީ ކަށަވަރުން އަހަރެއްގެ މައްޗަށް 1 މިލިއަން ލީޓަރަށްވުރެ ގިނައިން ކާސްޓްރޯލް އަޑީތެޔޮ ރާއްޖޭގެ ބާޒާރަށް ދަނީ ސަޕްލައި ކުރަމުންނެވެ.

ޕީޕީޖީ

ޕީޕީޖީ އިންޑަސްޓްރިއަލް އަދި މެރިން ދާވާދާއި އެންޓިފޯލިންގްއަކީ 1990 ގެ އަހަރުތަކުން ފެށިގެން އެމްޓީސިސީ ކަށަވަރުން ފޯރުކޮށްދޭ ބްރޭންޑެކެވެ. މިއީ ގުދުރަރީ ގޮތުންނާއި، އެހެނިހެން ގޮތް ގޮތުން ދަގަނޑު ސްޓްރަކްޗާ ތަކާއި، ދަގަނޑު ޓޭންކްތަކާއި، ކަނޑުދަތުރުކުރާ އުޅަނދުފަހަރަށް ލިބޭ ގެއްލުމުން ރައްކާތެރިކޮށް، މިފަދަ ތަކެތީގެ އުމުރު ދިގުކުރުމަށްޓަކައި ބޭނުންކުރާ ދަވާދާއި، އެހެނިހެން ކޯޓިންގްސް އުފައްދާ އެމެރިކާގެ ބްރޭންޑެކެވެ.

އެމްޓީސީސީ ކަށަވަރުން މިބްރޭންޑުގެ އިންޑަސްޓްރިއަލް އަދި މެރިން ދަވާދާއި އެންޓިފޯލިންގް ގެ އެކި އުފެއްދުންތަށް ލިބެން ހުރެއެވެ. މިގޮތުން ޕީޕީޖީގެ ކަނޑުދަތުރުފަތުރުކުރާ އުޅަނދަށް ހާއްސަ މެރިން އެންޓިފޯލިން، ޓޭންކް ކޯޓިން، އެކި ބާވަތުގެ ދަގަނޑު ސްރަކްޗާ ތަކަށް ހާއްސަ އެންޓި ކޮރޮސިވް ނުވަތަ އުޅަނދު ހަލާކުވެގެން ދިއުން ލަސްކޮށްދޭ ކޯޓިން ލިބެން ހުރެއެވެ.

"އެމްޓީސީސީ ކަށަވަރު" ޝޯ ރޫމް / ފޮޓޯ: އެމްޓީސީސީ

މީގެ އިތުރުންވެސް ގިނަ ބްރޭންޑުތަކުގެ ސާމާނު އެމްޓިސީސީ ކަށަވަރުން ޝޯވރޫމުން ލިބެން ހުރެއެވެ. އަދި އިންޖީން އެޅުމާއި، މިކަމާއި ގުޅުން ހުރި ދާއިރާތަކަށް ހާއްސަ ގިނަ ހިދުމަތްތައްވެސް އެމްޓިސީސީ އާފްޓަރ ސޭލްސް ސެންޓަރުން ކަސްޓަމަރުންނަށް ފޯރުކޮށްދެއެވެ. އާފްޓާ ސޭލް ސާވިސްގެ ތެރޭގައި ހިމެނެނީ ޓެކްނިކަލް ކޮންސަލްޓޭޝަން ދިނުމާއި، އޮޑިދޯނިފަހަރުގައި އިންޖީނު އަޅައިދިނުމާއި، އިންޖީނުގެ މަރާމާތާއި، މެއިންޓެނެންސް މަސައްކަތްތަކެވެ.

އެމްޓީސީސީ ކަށަވަރުން ލިބޭ ހިދުމަތްތަކާއި، ތަކެތި ބޭނުންކުރާ ކަސްޓަމަރުންނަށް އެމްޓީސީސީ ކަށަވަރުން އަބަދުވެސް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކާއި، ޕްރޮމޯޝަންތަށް އަދި ހާއްސަ ސާވިސް ކެމްޕޭނުތަށް ކުރިޔަށް ގެންދެއެވެ. ކަށަވަރުގެ އަމާޒަކީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއާއި، ފަތުރުވެރިކަމާއި، ދަތުރުފަތުރުގެ ދާއިރާގައި ބޭނުންކުރާ އޮޑިދޯނި ފަހަރަށް ބޭނުންވާ ކޮލިޓީ ރަނގަޅު، އިތުބާރު ހިފޭ މުދަލާއި ހިދުމަތްތައް އަތްފޯރާ ފަށުގައި އެއްފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމެވެ.

މިތަނުން ވިއްކާ އިންޖީނާއި އެހެން އިކުއިޕްމަންޓު ހަރުކޮށްދީ، މަރާމާތުކުރުމަށް ކަށަވަރުގެ ޓީމްތައް އަތޮޅުތަކަށް ޒިޔާރަތްކޮށް، ދަނީ ކަސްޓަމަރުންނާއި ގާތުން ހިދުމަތް ފޯރުކޮށްދެމުންނެވެ. ކަށަވަރު ޝޯވރޫމްގައި މިމަސައްކަތްތަކުގައި ހަރަކާތްތެރިވާ މުވައްޒަފުންނަކީ ކަމުގެ ފަންނީ ތަޖުރިބާ ލިބިފައިވާ، ހީވާގި އަދި ކަސްޓަމަރުންނާއި ގާތުން ހިދުމަތް ފޯރުކޮށްދިނުމުގެ ޤާބިލްކަން ލިބިފައިވާ ޓީމެކެވެ.

މުސްތަގުބަލުގައިވެސް އެމްޓީސީސީ ކަށަވަރުން މަސައްކަތް ކުރާނީ މިހާރު ލިބެން ހުރި ބްރޭންޑުތަކާއި ހިދުމަތްތައް އިތުރަށް ފުޅާކޮށް، ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރަށް ހާއްސަ ބައިނަލްއަޤްވާމީ ބްރޭންޑް އަދި ހިދުމަތްތައް މެދުކެނޑުމެއް ނެތި ފޯރުކޮށްދިނުމަށެވެ. އަދި އުޅަނދުފަހަރަށް ހާއްސަކޮށް ދުނިޔޭގައި ތައާރަފްކުރާ އައު އުފެއްދުންތަކާއި ހިދުމަތްތަށް ކަސްޓަމަރުންނަށް އަތްފޯރާފަށުގައި ފޯރުކޮށްދިނުމަށެވެ. މިއީ ކަސްޓަމަރުންގެ ހުރިހާ ބޭނުމެއްގެ ހައްލު ޔަގީންކޮށް އެއްފުރާޅެއްގެ ދަށުން ލިބޭނެ ތަނެއްގެ ގޮތުގައި އަބަދުވެސް ދެމިތޮތުމެވެ.