އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (އައިބީއެމް) ގެ ބްރޭންޑް އެމްބެސެޑަރުން އައްޔަން ކޮށްފިއެވެ.

އައިބީއެމްއިން ބުނީ އެކުންފުނީގެ ގްރޭންޑް އެމްބެސެޑަރުން އައްޔަން ކުރި މިއީ ފުރަތަމަ ފަހަރު ކަމަށާއި އެ މަގާމުތަކަށް އައްޔަން ކޮށްފައި ވަނީ އަލީ އަޝްފާގް (ދަގަނޑޭ) އާއި ނާޝިދާ މުހައްމަދު (ނާއްކޮ) ކަމަށެވެ.

އެމްބެސެޑަރުން އައްޔަން ކޮށްފައި ވަނީ ކުންފުނީގެ ޕްރޮޑަކްޓް ކަމަށްވާ "ތާޒާ" ފެން ރާއްޖެއަށް މާކެޓް ކުރުމާއި ޕްރޮޑަކްޓް ތަމްސީލު ކުރުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

އައިބީއެމްގެ އެމްބެސެޑަރަށް ހަމަޖެއްސި ނާޝިދާ މުހައްމަދު (ނާއްކޮ) / ފޮޓޯ: އައިބީއެމް

އައިސީއެލްގެ ބްރޭންޑް އެމްބެސަޑަރުން ކުންފުނިން ބާއްވާ މާކެޓިންގް އިވެންޓްތަކުގައި އަމަލީގޮތުން ހަރަކާތްތެރިވެ އެމީހުންގެ އަމިއްލަ ސޯޝަލް މީޑިއާ އެކައުންޓްތައް މެދުވެރިކޮށް "ތާޒާ" ބްރޭންޑް މުޅި ރާއްޖޭއަށް މާކެޓް ކޮށްދިނުމާއި ޕްރޮޑަކްޓާ ބެހޭ މުހިންމު މައުލޫމާތު ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށް ދޭނެއެވެ.