މި އަހަރުގެ ރާއްޖޭގެ އިގްތިސޯދު 18 ޕަސަންޓް މަތިވާނެ ކަމަށް ފިޗް ރޭޓިންސް (ފިޗް) އިން ބުނެފިއެވެ.
ފިޗުން ބުނީ ކޮވިޑް-19 ގެ ސަބަބުން އިގްތިސޯދަށް އެންމެ ބޮޑަަށް އަސަރުކުރާނެ ދެކުނު އޭޝިއާގެ ދެ ގައުމަކީ ރާއްޖެ އާއި ސްރީލަންކާ ކަމަށެވެ.
އެގޮތުން އެދެ ގައުމަށް އެންމެ ބޮޑަށް އަސަރު ކުރާނީ ޓޫރިޒަމަށް ބަރޯސާ ވާވަރު މަތިވުމުގެ ސަބަބުން ކަމަށް ފިޗުން ވަނީ ބުނެފައެވެ.
އެހެން ނަމަވެސް ރާއްޖޭގެ އިގްތިސޯދު މި އަހަރާއި އަންނަ އަހަރު ރަނގަޅުވާނެ ކަމަށް ފިޗުން ވަނީ ލަފާކޮށްފައެވެ. އެއީ ރާއްޖޭގެ ޓޫރިޒަމް ރަނގަޅުވަމުންދާތީ ކަމަށް ފިޗުން ވަނީ ބުނެފައެވެ.
ފިޗުން ވަނީ މިދިޔަ ނޮވެމްބަރު މަހު ލަފާކުރި ވަރަށްވުރެ ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށްވެ، ކްރެޓިޑް ރޭޓިން "ބީ މައިނަސް" އިން "ސީސީސީ" އަށް ދަށްކޮށްފައެވެ.
ރާއްޖޭގެ ރޭޓިން "ބީ" ނެގެޓިވް އައުޓްލުކްއިން "ސީސީސީ" އަށް ދަށްކުރީ ބޭރު ފައިސާ ލިބުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ސަބަބުންވެ.
ރާއްޖެ އަށް ފުރަތަމަ ކްރެޑިޓް ރޭޓިން ދީފައި ވަނީ ދުނިޔޭގެ އެންމެ ބޮޑު ކްރެޑިޓް ރޭޓިން އެޖެންސީގެ ތެރޭގައި ހިމެނޭ މޫޑީސް އިންވެސްޓާސް ސާވިސް އިން 2016 ވަނަ އަހަރުއެވެ.