މިއަދު ބޭރުގެ ގިނަ މީޑިއާތަކުގެ ސުރުހީތައް، ޕްރިންސަސް ޑަޔާނާގެ ހަގު ދަރިކަލުން ޕްރިންސް ހެރީއާއި އަނބިކަނބަލުން މޭގަން މާކެލްގެ އިންޓަވިއުގެ އެކި އެކި ހެޑްލައިން ތަކުން ފުރާލި އިރު އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ "އަހަރެން ދިރިހުންނަންވެސް ބޭނުން ނުވި" ކަމަށް މޭގަން ވިދާޅުވި ވާހަކަ އަށެވެ.
ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި އެވާހަކަ އަކީ، ކާރު އެކްސިޑެންޓެއްގައި އަވަރާހަވެފައި ވާ ޕްރިންސަސް ޑަޔާނާ، 1995 އަހަރު ބީބީސީއަށް ދެއްވި އިންޓަވިއުއަށް ވުރެވެސް މާ ވަރުގަދަ މެސެޖެއް ލިބިގެން ދިޔަ ވާހަކައެކެވެ.
ބައެއް ފަރާތްތަކުން އެވާހަކަ ސިފަ ކޮށްފައި ހުރީ އެއީ އިނގިރޭސި ޝާހީ އާއިލާ "ގޮވުން" ފަދަ ކަމެއްގެ ގޮތުގައެވެ. އަދި މޭގަންގެ އެ ވާހަކައަށް ޖަވާބު ދިނުމުގައި ޝާހީ ގަނޑުވަރަށް ގިނަ ގޮންޖެހުންތައް ހުންނާނެ ކަމަަށްވެސް ހަބަރުތައް ބުނެއެވެ.
ދުނިޔޭގެ ގިނަ ބަޔަކު ބަލާ އޯޕްރާ ވިންފްރީ ޝޯގައި މޭގަން ވިދާޅުވީ، ޝާހީ ގަނޑުވަރުގައި އުޅުއްވި ދުވަސްވަރު ދިމާވި އެކިއެކި ހިތްދަތި ކަމުގެ ސަބަބުން "ދިރި ހުންނެވުމަށް ވުރެ މަރުވުން ވެސް" މާ ރަނގަޅުކަމަށް ހިތްޕުޅަށް އެރިކަމަށެވެ. މޭގަން ވިދާޅުވީ ޝާހީ އާއިލާގެ ތެރެއިން ލިބިވަޑައިގެންނެވި ހިތްދަތި ކަމުގެ ތެރޭގައި، މޭގަންގެ ފުރަތަމަ ދަރިކަލުން ލިބިވަޑައިގަންނަވަން އުޅުއްވި އިރު ނަސްލީ ތަފާތު ކުރުންތައްވެސް އިންތިހާއަށް އޮތް ކަމަށެވެ. އެ ދަރިކަލުންގެ ކުލައާ ގުޅުވާ ޝާހީ އާއިލާގެ ތެރޭގައި ވާހަކަ ދެއްކުމާއި އެ ދަރިކަލުންނަށް ޝާހީ އެއްވެސް ލަގަބެއް ނުލިބޭނެ ވާހަކަ ފަދަ އެތައް ކަމެއް ކުރިމަތިވެވަޑައިގެންނެވި ކަމަށެވެ.
މޭގަން އާއި ހެރީ ވަނީ ޝާހީ އާއިލާއާ ގުޅޭ ގިނަ ވާހަކަތަކެއް އޯޕްރާ ޝޯގައި ވިދާޅުވެފައެވެ. އޭގެ ތެރެއިން ގިނަ ވާހަކަތަކުގައި ހުރީ، ޝާހީ އާއިލާގެ ތެރޭގައި އޮތް ހަމަ ނުޖެހުމާއި ނުތަނަވަސްކަމާއި ނަސްލީ ތަފާތު ކުރުމާއި އަމިއްލަ ކުންފުންޏެއް ހިންގާފަދަ ގޮތަކަށް ކަންކަން ކުރަމުން ގެންދިޔަ ވާހަކައެވެ. އަދި މޭގަންއަށް އެ ހުރިހާ ހިތްދަތިކަމެއް ލިބިވަޑައިގަންނަވަމުން ދިޔަ އިރު، ދިފާއުގައި މަސައްކަތް ކުރެއްވުމުގެ ބާރު ހެރީއަށް ނެތް ކަމަށާއި އެއީ ޝާހީ ހާންދާނުގެ ތެރޭގައި އޮތް ބޭއިންސާފެއް ކަމުގެ ވާހަކައެވެ.
އެ ޝޯގައި ހެރީ ވިދާޅުވީ، ދަރިކަލުންގެ ހަމުގެ ކުލައާ ގުޅުވާ ވާހަކަ ދެއްކި މީހުންގެ ތެރޭގައި ރާނީ އާއި ޕިލިޕް ހިމެނިވަޑައި ނުގަންނަވާ ކަމަށެވެ.
މޭގަން އާއި ހެރީ ދެއްކެވި ވާހަކަ ތަކަށް އިނގިރޭސި ޝާހީ ހާއްދާނުގެ ރަސްމީ ގެ ކޮޅު ބަކިންހަމް ޕެލަސް އިން އަދި ރައްދެއް ނުވަތަ ޖަވާބެއް ދީފައި ނުވާއިރު އެ އިންޓަވިއުއާ ގުޅިގެން އެެއްވެސް ކޮމެންޓެއް ކުރައްވަން ބޭނުންފުޅު ނުވާކަމަށް އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަނީ ވިދާޅުވެފައެވެ.
އުޅޭނެހާ ގޮތަކަށް އުޅެފައި އަބުރުވެރި އާއިލާތަކުން ޖަހައިގަނެގެން މެރީ ކުރީމަ ލިބޭނީ ހިތްދަތިކަން
މަައްްސަލަ ޖެހުނީ މެގަން ކުރިން އުޅެފަ ހުރި ވިޔާނުދާ ލައިފްގެ ސަބަބުން. ބަރަހަނާ ފޮޓޯތަކާއި، ބަރަހަނާހާލު ކުޅުނު ފިލްމު ތަކުގެ މަންޒަރު.