ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި، ރާއްޖެ އެތެރެކުރުން މަނާ 25 އެއްހާ ޓަނުގެ ތަކެތި ނައްތާލައިފިއެވެ.

ކަސްޓަމްސް އިން ބުނީ އެ ތަކެތި ނައްތާލާފައި ވަނީ ކ. ތިލަަފުށީ ކުނި ނައްތާލާ ސަރަހައްދުގައި ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ހާޒިރުގައި ކަމަށެވެ.

ނައްތާލި ތަކެތީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ބަނގުރަލާއި ބަނގުރާ އެކުލެވޭ ތަކެއްޗާއި ބަނގުއާވި އާއި އޫރުމަހާއި ސިނގިރޭޓާއި އިސްލާމްދީނާ ހިލާފު ތަކެތި އަދި ރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ގާނޫނުގެ ދަށުން ހިފަހައްޓާފައިވާ މަނާ ތަކެއްޗާއި ބޭސް ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

ކަސްޓަމްސް އިން ބުނީ އެ ތަކެތި ނައްތާލީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ 422 ވަނަ މާއްދާގެ ދަށުން އެކަށައަޅާފައި ވާ، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާތަކެތި ނައްތާލުމުގައި އަމަލުކުރާ އުސޫލުގެ ދަށުން ކަމަށެވެ.

ކަސްޓަމްސް އިން ވަނީ މިދިޔަ މަހު ވެސް ގިނަ އަދަދެއްގެ ބަނގުއާވި ނައްތާލާފައެވެ.