އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ރޮޒައިނާ އާދަމްގެ ހިއްސާ އޮތް ކުންފުންޏަކާ ގުޅޭ ގޮތުން އެމްޑީޕީ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި ދޮގު މައުލޫމާތު ހުރި ލިޔެކިޔުންތަކެއް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހިއްސާ ކުރެއްވި މައްސަލައިގައި ރޮޒައިނާ ހޫނު ރައްދެއް ދެއްވައިފިއެވެ.
އެމްޑީޕީގެ ގައުމީ މަޖިލިސް ވަޓްސްއެޕް ގްރޫޕުގައި އިއްޔެ ވަނީ އިކޮނޮކިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަށް ރައީސް ނަޝީދު ތުހުމަތުތަކެއް ކުރައްވާފައެވެ. ރައީސް ނަޝީދު އެ ގްރޫޕުގައި ވިދާޅުވެފައި ވަނީ ހުޅުމާލޭގައި ކުލިނިކެއް އަޅަން ބަޔަކު ބިޑް ހުށަހެޅި އިރު ޝަރުތު ފުރިހަމަ ނުވާ ބަޔަކަށް މިނިސްޓަރު ފައްޔާޒުގެ ނުފޫޒުން، އެ މަސައްކަތް ދީފައިވާ ކަމަށެވެ. އަދި އެ ކަން އެގޮތަށް ކުރަން ދޫކޮށްގެން ނުހުންނަވާނެ ކަމަށާއި އެވަހާކަ މީގެ ކުރިންވެސް ވިދާޅުވެފައި ވާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
މި މައްސަލަ މިހާ ހިސާބަށް ގޮސްފައި އޮއްވާ މިއަދު އަނެއްކާ އެ ގްރޫޕުގައި ރައީސް ނަޝީދު ވަނީ ހުޅުމާލޭ ކްލިނިކް އަޅަން ޝަރުތު ހަމަނުވާ ބަޔަކަށް ދޭން މަސައްކަތް ކޮށްފައިވާ ކަމަށް ބުނެ ބައެއް ލިޔެކިޔުންތައް ހިއްސާ ކުރައްވާފައެވެ. މިކަމާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ރޮޒައިނާ ވިދާޅުވީ، ބިޑަށް ހުށަހެޅި ޑީވައިއެމް ކުންފުންޏަކީ، އޭނާ އާއި ޑރ. އާމިނަތު ނަޒީރުގެ ހިއްސާ އޮތް ކުންފުންނެއް ކަމަށެވެ. ކުންފުނި ރަޖިސްޓާ ކުރުމުގައި އިކޮނޮމިކް މިނިސްޓްރީއަށް ހުށަހެޅި ނަމަވެސް އޭގެ އިތުރުން މިނިސްޓަރު ފައްޔާޒާއި އެ ކުންފުންޏާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރޮޒައިނާ ވިދާޅުވީ ޑީވައިއެމް ޕްރައިވެޓް ލިމިޓެޑްގެ އިތުރުން އެ ބިޑަށް ދެން ލާފައި ވަނީ މެޑިކުއިޕުން ކަމަށެވެ. އަދި މެޑިކުއިޕް ކުންފުންޏަކީ ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފާއި، ކުރީގެ މެންބަރެއް ކަމުގައިވާ ހިޔަލީ މުހައްމަދު ރަޝީދުގެ މަސްލަހަތު އޮންނަ ކުންފުންޏެކެވެ. ހިޔަލީ މުހައްމަދު ރަޝީދަކީ، މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު ރަޝީދުގެ ބޭބެއެވެ. ރޮޒައިނާގެ ހިއްސާ އޮތް ކުންފުންނާ ގުޅޭ ގޮތުން ދޮގު މައުލޫމާތު ރައީސް ނަޝީދު ހިއްސާ ކުރައްވާފައި ވާތީ ރޮޒައިނާ ވަނީ "މީހަކަށް ވަކި ގޮތަކަށް އެ ބިޑް ދޭން ރައީސް ނަޝީދު މަސައްކަތް ކުރައްވާ" ކަމަށް ތުހުމަތު ކުރައްވާފައެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި މިނިސްޓަރު ފައްޔާޒު ވެސް އިންނަވާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި ރައީސް ނަޝީދު ދެއްކެވި ވާހަކަތަކާއި ހިއްސާ ކުރައްވާފައިވާ ލިޔެކިޔުންތަކާ ގުޅިގެން ރޮޒައިނާ ވަނީ ރައީސް ނަޝީދަށް ގުޅުއްވާފައެވެ. އެ ލިޔެކިޔުންތަކުގައި ވަނީ ދޮގު މައުލޫމާތު ތަކެއް ކަމަށް ރޮޒައިނާ ވިދާޅުވުމުން ރައީސް ނަޝީދު ވަނީ އެ ލިޔެކިޔުންތަކަކީ މީހަކު ފޮނުވި ލިޔެކިޔުންތަކެއް ކަމށް ވިދާޅުވެފައި ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އަދި ކަން މިހާ ހިސާބަށް ދިއުމުން ރައީސް ނަޝީދު އަރިހުގައި މީހަކު ދޭ ލިޔެކިޔުމެއް ހިއްސާ ކުރައްވާ އިރު އެ ލިޔެކިޔުމުގައި ހުރި މައުލޫމާތުގެ ދޮގު ތެދު ބައްލާވާލެއްވުމަށް އެދިވަޑައިގެންނެވި ކަމަށް ރޮޒައިނާ ވިދާޅުވެއެވެ. އެއަށްފަހު ނަޝީދު އިތުރު އެއްޗެއް ވިދާޅު ނުވާ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
އެ މައްސަލާގައި ޑީވައިއެމް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓާ ޑރ. އައިމިނަތް ނަޒީރް ވިދާޅުވީ، ދެކެވެމުން ދަނީ ރަނގަޅު ވާހަކަތަކެއް ނޫން ކަމަށެވެ. އަދި ރައީސް ނަޝީދު އެފަދައިން އެ ވިދާޅުވަނީ ކީއްވެކަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ. ބިޑަށް ހުށަހެޅި އިރު ހުރިހާ ލިޔެކިޔުމެއް ވެސް ފުރިހަމަ ކޮށްފައި ހުށަހަޅާފައި ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރޮޒައިނާ ވިދާޅުވީ ބައެއްގެ އަގުވައްޓާލަން ދޮގު މައުލޫމާތު، ރައީސް ނަޝީދު ފަދަ ބޭފުޅަކު ފެތުރުއްވުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ. އަދި އޭނާގެ ހިއްސާ އޮންނަ ކުންފުނިން ހުށަހަޅާފައި ވަނީ މެޑިކުއިޕުން ހުށަހެޅި ކުއްޔަށް ވުރެ ބޮޑު ކުއްޔެއް ކަމަށާއި ޕްރޮޕޯޒަލްގައި ހުރިހާ ޑޮކިއުމެންޓެއް ހަމަވާނެ ކަމަށެވެ.
ޑީވައިއެމް އިން ވަނީ އަކަފޫޓަކަށް 35 ރުފިޔާ ހުށަހަޅާފައެވެ. އެހެން ނަމަވެސް މެޑިކުއިޕް އިން ހުށަހަޅާފައި ވަނީ ފުރަތަމަ ދެ އަހަރު އަކަފޫޓަކަށް 2 ރުފިޔާ އާއި ތިން ވަނަ އަހަރާއި ހަތަރު ވަނަ އަހަރު އަކަފޫޓަކަށް 23 ރުފިޔާ އަދި ފަސް ވަނަ އަހަރު އަކަފޫޓަކަށް 24 ރުފިޔާ އެވެ. އެހެންވެ ޖުމްލަ ކުލީގެ ގޮތުގައި ފަސް އަހަރުން މެޑިކުއިޕް އިން އެޗްޑީސީ އަށް ދެވޭނީ 10.7 މިލިއަން ރުފިޔާ އެވެ.
އަކަފޫޓެއް 35 ރުފިޔާގެ ރޭޓުން ފަސް އަހަރުގެ ތެރޭ ޑީވައިއެމް އިން އެޗްޑީސީ އަށް ކުލީގެ ގޮތުގައި 16.2 މިލިއަން ރުފިޔާ ދައްކާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. އެހެންކަމުން މި ޕްރޮޖެކްޓް ޑީވައިއެމް އަށް ލިބިއްޖެ ނަމަ އެޗްޑީސީ އަށް ކުލީގެ ގޮތުގައި މެޑިކުއިޕަށް ވުރެ 5.5 މިލިއަން ރުފިޔާ އިތުރަށް ލިބޭނެ އެވެ. މި ޕްރޮޖެކްޓްގައި 50 ޕަސެންޓް މާކްސް ހިއްސާވަނީ އެޗްޑީސީ އަށް ލިބޭ ކުއްޔަށެވެ.
މިނިސްޓަރު ފައްޔާޒްގެ ނުފޫޒުން ކްލިނިކެއް އެޅުމަށް ދޫކޮށްފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވާއިރު، ފައްޔާޒާ ދޭތެރޭ ހިތްހަމަޖެހިވަޑައި ނުގެން އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވައްދަވަން ވެސް ނަޝީދު މީގެ ކުރިން ވަނީ މަސައްކަތް ކުރައްވާފައެވެ.
މަޖިލިސްގެ މެންބަރު ންއަޑީގައި ތިބެގެން މިކަހަލަ ޖަރީމާތައް މިހިންގަނީ! މީ ކޮންއިރަކު އިޢުލާން ކުރި ކަމެއްތޯ! ސަރުކާރުގެ ވެރިންނާއި ގުޅިގެން މިކަހަލަ ޖަރީމާތައް މިހިންގަނީ ނުއަގުގައި ބިޑު ކޮންދެނީ މި ފަޅާއަރަނީ! ޜައީސް ނަޝީދު ބަރާބަރު ނަޝީދު ކަރަޕްޓު ނުވާނެ މީހަކާއި ޒާތީ ނުވާނެ. ނަޝީދުައަން ސާބަސް ބަރާބަރު.....