މި ފަހުން ފުރަތަމަ ފަހަރަށް ރާއްޖެއަށް ދިރޭ އަސްތަކެއް ގެންނަން މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އަށް އަރުވައިފިއެވެ.

އެމްއެސްއެސް އިން ބުނީ އެ އަސްތައް ގެނައުމަށް ހަމަޖެހިފައި ވަނީ އައްޑޫ ސިޓީ އަށް ކަމަށެވެ. އަދި މިހާރު އެ އަސްތައް ގެނައުމަށް ސްޓޭޓް ޝިޕިންގެ ބޯޓަށް އަރުވައިފައި ވާ ކަމަށްވެސް އެ ކުންފުނިން މައުލޫމާތު ދެއެވެ.

މިއީ މި ފަހުން ރާއްޖެއަށް ދިރޭ އަސްތަކެއް ގެންނަ ފުރަތަމަ ފަހަރެވެ. އަދި އެ ބޯޓު މެދުވެރިކޮށް ދިރޭ ޖަނަވާރުތަކެއް އުފުލާ ފުރަތަމަ ފަހަރުވެސް މެއެވެ.

އައްޑޫއަށް އަސްތަކެއް ގެންނަން ނިންމާފައި ވާއިރު، އެ އަސްތައް ގެންނަނީ ކޮން ބޭނުމެއްގައި ކަން ރަސްމީ އެއްވެސް އިދާރާއަކުން ހާމަ ކޮށްފައެއް ނުވެއެވެ.

ނަމަވެސް އައްޑޫގެ ޒުވާނުންތަކެއް އިސްނަގައިގެން އެސިޓީއަށް އަސްތަކެއް ގެނައުމުގެ މަސައްކަތްކު ރަމުން ދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވަނީ ކުރިން ވިދާޅުވެފައެވެ. އެގޮތުން ރައީސް ނަޝީދު ވިދާޅުވީ އަހުގެ ހިދުމަތް އައްޑޫގެ ހުރިހާ ރައްޔިތުންނަށާއި ފަތުރުވެރިންނަށް ލިބިގެ ންދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.