މިދިޔަ އަހަރު އުރީދޫއަށް ލިބުނު ފައިދާގެ ތެރެއިން ޑިވިޑެންޑްގެ ގޮތުގައި ކޮންމެ ހިއްސާއަކަށް 2 ރުފިޔާ 34 ލާރި ބަހަން އުރީދޫގެ އަހަރީީ އާންމު ޖަލްސާގައި ނިންމައިފިއެވެ. މިގޮތަށް ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވި 100 ޕަސެންޓް ހިއްސާދާރުންގެ އިއްތިފާގުންނެވެ.

އުރީދޫ މޯލްޑިވްސް އިން ހިއްސާއަށް ޖެހޭ އަގު ފާސްކުރީ ހިއްސާދާރުންނާ އެކު އެ ކުންފުނިން މިރޭ ވާޗުއަލްކޮށް ބޭއްވި އަހަރީ އާންމު ޖަލްސާގައެވެ. މި ޖަލްސާގައި ވޭތުވެދިޔަ އަހަރުގެ ޔައުމިއްޔާ ފާސްކުރުމާއި މާލީ ހިސާބުތަކާއި އޯޑިޓަރުންގެ ރިޕޯޓު ފާސްކުރުމުގެ އިތުރުން ވޭތުވެދިޔަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓު ފާސް ކުރުމާއި މިއަހަރަށް އޯޑިޓަރުން އައްޔަން ކޮށް އުޖޫރަ ކަނޑައެޅުމާއި ފާސްކުރުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ދިޔަ އަހަރު ހިއްސާއަކަށް ދިނީ 3 ރުފިޔާ 30 ލާރިއެވެ. އޭގެ ކުރީ އަހަރު ހިއްސާއަކަށް ދީފައި ވަނީ 3 ރުފިޔާ 22 ލާރިއެވެ.

އެހެން ކަމުން މިދިޔަ އަހަރާ އަޅާ ބަލާއިރު މި އަހަރު ހިއްސާއަކަށް ޖެހުނު ވަރު ތަފާތީ 96 ލާރިއެވެ.

މިރޭ ބޭއްވި ޖަލްސާގައި ހިއްސާދާރެއްގެ ހައިސިއްޔަތުން 36 މީހަކު ބައިވެރި ވި އިރު ޕްރޮކްސީ ހޯލްޑަރުން ގޮތުގައި 8 މީހަކު ބައިވެރިވިއެވެ. މި ހިއްސާ ދާރުން ތަމްސީލް ކުރަަނީ 134،138،633 ހިއްސާއެވެ. އަދި 90.77 ހިއްސާ ތަމްސީލް ކުރާ ހިއްސާދާރުން މި ޖަލްސާއަށް ހާޒިރުވެފައި ވެއެވެ.