މާލެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައި މީހަކަށް އަނިޔާ ވެއްޖެއެވެ.
ފުލުހުން ބުނީ، މާލޭގާއި ގޭސް ފުޅިއެއް ގޮވާފައި ވަނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ސްޓޭޓް ބޭންކް އޮފް އިންޑިއާ ކައިރީ ހުރި ގެއެއްގައި ކަަމަށެވެ. އަދި އަނިޔާ ވި މީހާއަށް ފަރުވާ ދިނުމަށް އެމީހާ ވަނީ އޭޑީކޭ ހޮސްޕީޓަލަށް ގެންގޮސްފައި ކަމަށް ފުލުހުން ބުނެއެވެ.
މި ހާދިސާގައި ގޭސްފުޅި ގޮވާފައި ވަނީ އެ ގޭސްފުޅި ގުޅާފައި ހުރި އުނދުން ރޯކުރަން އުޅެނިކޮށް ކަމަށް ފުލުހުން ބުނެއެވެ. އަދި އަނިޔާ ވެފައި ވަނީ ދިވެހި އަންހެނަކަށް ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.
މި ހާދިސާގައި އަނިޔާވި މީހާއަށް ލިބިފައި ވަނީ ކިހާވަރެއްގެ އަނިޔާއެއް ކަން އަދި ސާފުވާ ގޮތެއް ނުވެއެވެ.