ރޭގަނޑު 8 އިން ފެށިގެން ކެފޭ ތަންތަން އާންމުކޮށް ހުޅުވައިގެން ހިދުމަތް ދިނުން އަނެއްކާވެސް މަނާކޮށްފިއެވެ. އެޗްޕީއޭއިން ބުނީ މި ނިންމުމަށް އަމަލު ކުރަން ފަށާނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން ކަމަށެވެ.
ހެލްތު އެމްޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީން) މިރޭ ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވީ ކޮވިޑް-19 އިން ރައްކާތެރި ވުމަށް އަޅާފައިވާ ހާއްސަ ފިޔަވަޅުތަކަށް ބަދަލު ގެނައުމާ ގުޅިގެން، އަންނަ ހޮނިހިރު ދުވަހުން ފެށިގެން މާލެ ސަރަހައްދު (މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުށްޓާއި، ގުޅީފަޅު) ގައި ހިންގާ ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން، އާންމުންނަށް ހުޅުވާލައިގެން ހިދުމަތް ދެވޭނީ ހެނދުނު 6:00 އިން ރޭގަނޑު 8:00 އަށް ކަމަށެވެ.
އެތަންތަނުން ޓޭކް އަވޭއާއި ޑެލިވަރީގެ ހިދުމަތް ފިޔަވައި އެހެނިހެން ހިދުމަތް ދިނުން ރޭގަނޑު 8 އިން ފެށިގެން ހުއްޓާލުމަށް އަންގާފައި ވާއިރު، ޓޭކްއަވޭއާއި ޑެލިވަރީގެ ހިދުމަތްތައް ރޭގަނޑު 10:30 އިން ފެށިގެން ހުއްޓާލުމަށް ވަނީ އެޗްޕީއޭއިން އަންގާފައެވެ. އަދި މިގޮތަށް އަމަލު ކުރާނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން 7 ދުވަހުގެ މުއްދަތަކަށް ކަމަށް އެޗްޕީއޭއިން ބުނެއެވެ.
އެޗްޕީއޭއިން ބުނީ، އެ ފިޔަވަޅަށް ފުރިހަމައަށް އަމަލު ކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އަންގާ ކަމަށާއި އަދި އެޗްޕީއޭގެ އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ވެސް އަންގާ ކަމަށެވެ.
މިޔައަށްވުރެ ރަގަޅުވާނެ ރައްޔަތުން މަރާލީއާ މިކަހަލަ ޙަރުކަށިފިޔަވަޅުތައް އަންވާނީ ރައްޔަތުންގެ ހައްގުތައް ރައްކާތެރިކަމާއެކު ޙައްގުތައް އަދާކޮއްދެވިގެން ރައްޔަތުންގެ ހައްގުތައް އަދާކޮއްނުދީ މިކަހަލަ ޙަރުކަށިކަން ރައްޔަތުންނައް ދެއްކުމަކީ ރައްޔަތުން ނައްދެވޭ ވަރައްބޮޑުއަނިޔާއެއް މިކަހަގަވައިގުތައް އެޗުޕީއޭއެންނެރުމަ ކީ ރައްޔަތުންނައް ދެވޭވަރައްބޮޑު އަނިޔާއެއް މިއަނިޔާރައްޔަތުން ބަލައެއްނުގަންނާނެ މިހާރުންމިހާރައް އެޗުޕީއޭއުވާލުމައް ރައްޔަތުން އެގޮވާލަނީ