އޮޔާ ދިޔަ ޑިންގީއަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފުން ބުނީ ވ. އަންބަރާ ކައިރި ދަތުރުކުރަމުންދިޔަ "މޯލްޑިވިއާނާ" ނަމަކަށް ކިޔާ ސަފާރީ އަކަށް ހާލުގައި ޖެހި އޮޔާދާ ޑިންގީ އެއްގައި ބިދޭސީ މީހަކު އިންދާ ފެނިގެން އެމްއެންޑީއެފަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު 05:12 ހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެމްއެންޑީއެފުން ބުނީ ކޯސްޓް ގާޑުގެ ބެލުމުގެ ދަށުން މި ޑިންގީ މިހާރު ވ. ފެލިދޫ އަށް މިހާރު ގެންދަމުންދާ ކަމަށެވެ.

ޑިންގީގައި އިން މީހާގެ އަތުގައި ހުރި ޑޮކިއުމެންޓަށް ބަލާއިރު އެއީ ލަންކާ މީހެއް ކަމަށް ބެލެވޭ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ކަނޑުމަތީގައި ދިމާވާ މިފަދަ ހާދިސާތަކުގައި އެމްއެންޑީއެފް ކޯސްޓް ގާޑުން އަބަދުވެސް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.